22 ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

22 ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢީއްޒު އައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް، ނަންފުޅުތައް ދިރާސާކުޔރެއްވި ސަރުކާރުގެ މަސްޢޫލިއްޔަތުއަދާކުރާ މިންވަރުބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލިސް ޗުއްޓީގައި އޮތްނަމަވެސް މިއަދު ބޭއްވި ކޮމިޓީގައި ވަނީ ވަޒީރުންނަށް ރުހުން އޮތްތޯ ޖުމްލަކޮށް ވޯޓަށް އަހާފައެވެ. އެގޮތަށް ހުށައެޅުއްވީ އެމްއެންޕީގެ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒެވެ. އެ ހުށައެޅުމަށް ތާޢިދުކުރެއްވީ ދަ ޑިމޮކްރެޓްސްގެ އަޙްމަދު ރަޝީދެވެ.

ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ފާސްވީ ޙާޒިރުވެވަޑައިގެންނެވި 10 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ކޮމިޓީގެ މުޣައްރިރު އިއުލާންކުރެއްވީ 5 މެންބަރުންގެ އަޣްލަބިއްޔަތުން ހުރިހާ ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ފާސްވެފައިވާކަމަށެވެ.

އެ ހުށައެޅުމަށް އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވާފައެއް ނުވެއެވެ. އެމްޑީޕީން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.

 

މި ދައުރުގެ މަސައްކަތްތައް ނިންމާ މަޖިލިސް ޗުއްޓީއަށް ދިޔައިރު އަދިވެސް ވަޒީރުންނަށް ރުހުން ދިނުން އޮތީ ކޮމިޓީ މަރުހަލާގައެވެ.

ވަޒީރުންނަށް ރުހުން ދިނުން މިމަހުގެ 18 ވަނަ ދުވަހަށް މަޖިލީހުގައި އެޖެންޑާ ކުރެވުނު ނަމަވެސް، ވަޒީރުންގެ މަޖިލިހަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މަޖިލިހުގެ ތަޅުމަށް ފޮނުވި ރިޕޯޓު ފުރިހަމަ ނުވާކަމަށް ނިންމާ، ރިޕޯޓު އެޖެންޑާއިން އުނިކޮށް އަލުން އިސްލާހު ކުރުމަށް ވަނީ ކޮމިޓީއަށް ފޮނުވާފައެވެ.

ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ކޮމިޓީން ފާސްވެފައިވާއިރު، ކުރިން އެމްޑީޕީގައި ތިއްބެވި 12 މެމްބަރަކު ކޮންގްރެސް ޕާޓީއާއި ގުޅުމާއި ގުޅިގެން، އެކޮމިޓީގައި އެމްޑީޕީއަށް އޮތް މެޖޯރިޓީ މިހާރު ވަނީ ގެއްލިފައެވެ.

މަޖިލީހުގެ އެންމެ ފަހު ދައުރު މިދިޔަ ބުރާސްފަތި ދުވަހު ނިންމާލާފައިވާއިރު، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ ޗުއްޓީގައި އޮތްނަމަވެސް ކޮންމެހެން ޖަލްސާއެއް ބާއްވަން ޖެހިއްޖެނަމަ ބާއްވާނެކަމަށް ވިދާޅުވެފައެވެ.

ވަޒީރުންނަށް ރުހުން ނުދީ މަޖިލީހުގައި މި މައްސަލަ ދިގުދެންމުމުން، ގިނަ ބައެއްގެ ފާޑުކިޔުން މަޖިލީހާއި އެމްޑީޕީއަށް ޢަމާޒުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *