އިންޑިނޭޝިއާގެ ސްމަޓުރާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މެޓު އޮފީހުން ބުނީ، މިއަދު ހެދުނު އިންޑޮނޭޝިއާގެ ސުމަތްރާ ކައިރިން ކަނޑުގެ ސަރަހައްދަށް އައި 5.6 ގެ ބާރުމިނުގެ ބިން ހެލުމުގެ ސަބަބުން ރާއްޖެއަށް ބިންހެލުން/ސުނާމީގެ އަސަރު ކުރާނެ ކަމަށް ލަފާނުކުރެވޭކަމަށެވެ.
މިދުވަސްކޮޅު އިންޑޮނޭޝިއާ ހިމެނޭ ސަރަހައްދަށް ގިނަ ޢަދަދަކަށް ބިން ހެލުން އަންނަކަން ވަނީ ރެކޯޑްކުރެވިފައެވެ.
ރޭ މެންދަމުވެސް ބިންހެލުމެއް އައިސްފައިވެއެވެ. ރޭ މެންދަމުން ފެށިގެން ހެނދުނާ ދޭތެރޭ އައި ބިންހެލުންތައް އައީ އައްޑުއާ 900 ކިލޯމިޓަރު ދުރުން ކަމަށާއި، ރާއްޖެއަށް އޭގެ އެއްވެސް އަސަރެއް ރާއްޖެެއަށް ނުކުރާނެ ކަމަށް މެޓު އޮފީހުން ބުނެފައިވެއެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ ރޭ މެންދަމުން ފެށިގެން ހެދުނާއި ދޭތެރޭ، ކާލްސްބާގް/ މިޑް އިންޑިއަން ރިޖަށް 4 ބިންހެލުން އައިސްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބާރުގަދައީ 5.5 ބާރު މިނުގައި އައި ބިންހެލުން ކަމަށާއި މި ބިންހެލުންތަކުން، 900 އެއްހާ ކިލޯމިޓަދުރުން އައި ބިންހެލުންތަކުން އައްޑޫ ސީޓީ އަށް ބިންހެލުން/ސުނާމީގެ އަސަރު ނުކުރާކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.
އެހެންނަމަވެސް މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފައި ވެއެވެ.