ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ކުރިޔަށް އޮތް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ، ކުރީގެ ބަންޑާރަނައިބު އަޒިމާ ޝަކޫރުގެ ކެމްޕޭން ހުޅުމާލޭގައި ކުރިޔަށް ގެންގޮސްފިއެވެ.
އާޒިމާވަނީ މި ހަފްތާގައި ވިލިމާލޭގެ ގެތަކަށް ޒިޔާރަތްކޮށް ދޮރުން ދޮރަށް ހިނގާފައެވެ.
އާޒިމާގެ ކެމްޕޭގެ ހަރަކާތުގެ ތެރެއިން ވިލިމާލޭގައި ދޮރުން ދޮރަށް ބޭއްވި ހަރަކާތުގައި ވަޒީރުންގެ މަޖިލިހުގެ ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިންފައެވެ.
އާޒިމާ މިއަދު ހުޅުމާލޭގައި ދޮރުން ދޮރަށް ހިންގެވުމަށް ބޭއްވި އިވެންޓުގައިވެސް ސަރުކާރުގެ ބައެއް ވަޒީރުންވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ފިޝަރީޒް މިނިސްޓަރ ޝިޔާމްގެ އިތުރުން ހުޅުމާލެ ކައުންސިލަރ އިބުރާހިމް ޝުޖާއުވެސް ހިމެނެއެވެ.

މޭޔަރުގެ ގޮނޑިއަށް ބޭފުޅަކު އިންތިހާބު ކުރުމަށާއި ހުސްވެފައިވާ ތިން ދާއިރާ އަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 13 ގައެވެ.
މާލޭގެ މޭޔަރުގެ މަގާމް ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އަދި ތިން ކައުންސިލަރަކު އިސްތިއުފާ ދެއްވާފައި ވަނީ ސަރުކާރުގެ އެކިއެކި މަގާމުތަކަށް ވަޑައިގަތުމަށެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވަނީ ޕީޕީއެމް ޕީއެންސީގެ ފަރާތުން އާޒިމާ ޝަކޫރުގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި އާދަމް އާޒިމްއާއި، ޑިމޮކްރެޓްސްގެ ފަރާތުން، ސިޓީ ކައުންސިލްގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ޕާޓީ، ޕީއެންއެފްގެ ފަރާތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ފުރަހަނި ޝުއައިބުއެވެ.
ކޮމެންޓު ފޮނުވާ