އެނިވަސަރީގައި ރޯނިތް އަބިމީހާ އާއި ކައިވެނިކޮށްފި

އެނިވަސަރީގައި ރޯނިތް އަބިމީހާ އާއި ކައިވެނިކޮށްފި

Author
ފާތިމަތު ނާވީ
30 ޑިސެމްބަރ 2023 10:52
0

އެކްޓަރު ރޯނިތު ރޯއީ އެނިވަސަރީ ފާހަގަ ކުރުމުގެ ގޮތުން އަންހެނުން ނީލަމް ސިންހްއާ އާއި އަލުން ކައިވެނި (ރިމެރީ) ކޮށްފިއެވެ.

ނީލަމް އާއި ރޯނިތު ކައިވެނި ކުރީ 2003 ވަނަ އަހަރުގައިއެވެ. ނީލަމްއާއެކު ރޯނިތުގެ ކައިވެނި އާ ކޮށްފައި މިވަނީ އެ ދެމީހުންގެ ފުރަތަމަ ކައިވެންޏަށް 20 އަހަރު ފުރުމުގެ މުނާސަބަތުގަ އެވެ.

 

View this post on Instagram

 

A post shared by Ronit Roy (@ronitboseroy)

ނީލަމްއާ ކައިވެނި ކުރުމުގެ ކުރިން ރޯނިތު ވަނީ އެެހެން ކައިވެންޏެއް ކޮށްފައިއެވެ. އެކައިވެނިން ރޯނިތު އަށް ވަނީ ކުއްޖަކުވެސް ލިބިފައިއެވެ. އަދި ހަމަ އެއާއި އެކުގައި ރޯނިތު އާއި ނީލަމް ގެ ކަައިވެންޏަށް ވަނީ ދެކުދިން ތިބެއެވެ.

 

View this post on Instagram

 

A post shared by Ronit Roy (@ronitboseroy)

58 އަހަރުގެ ރޯނިތް މަގުބޫލު ވެގެން ގޮސްފައިވަނީ ސްޓާ ޕްލަސްއިން ދެއްކި "ކަސޯޓީ ޒިންދަގީ ކީ"ގައި އޭނާ ކުޅެދިން މިސްޓަ ބަޖާޖުގެ ރޯލުންނެވެ. އޭނާ އަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގުބޫލު އެކްތަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.