ރޮނާލްޑޯގެ ދެ ގޯލާއެކު ޔުވެންޓަސް މޮޅުވެއްޖެ

ރޮނާލްޑޯގެ ދެ ގޯލާއެކު ޔުވެންޓަސް މޮޅުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
14 ޑިސެމްބަރ 2020 11:55
0

ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބް ކޮށްދިން ދެ ގޯލާއެކު ރޭ އިޓާލިއަން ސެރީއޭގައި ޔުވެންޓަސް ކުޅުނު މެޗު ކާމިޔާބް ކޮށްފިއެވެ.

ރަށުން ބޭރުގައި ޖެނޯއާ އަތުން ޔުވެންޓަސް މޮޅުވީ 3-1 އިންނެވެ. މެޗުގައި ޔުވެންޓަސް ވަނީ ގިނަ ހަމަލާތަކެއް އުފައްދައި ޖެނޯއާގެ ގޯލަށް ބާރުބޮޑު ކޮށްފައެވެ. ޔުވެންޓަސްގެ ގިނަ ހަމަލާތަކުގައި އިސްދައުރެއް ރޮނާލޯޑޯ އަދާކޮށްފައިވާއިރު، އޭނާ ވަނީ ދެގޯލް ކާމިޔާބް ކޮށްފައެވެ. މި ދެ ގޯލަކީ ޔުވެންޓަސްގެ ކުޅުންތެރިން ފުލުފުލުގައި އުފައްދަމުންދިޔަ ހަމަލާތައް ނުހުއްޓުވި އޭރިޔާތެރެއިން ކުރި ދެ ފައުލަކާއި ގުޅިގެން ލިބުނު ދެ ޕެނެލްޓީގައި ރޮނާލްޑީ ކާމިޔާބު ކުރި ދެގޯލެވެ.

މެޗުގައި ޔުވެންޓަސްގެ އަނެއް ލަޑު ޖެހީ ޕައުލޯ ޑިބާލާއެވެ. މި މޮޅާއިއެކު ޔުވެންޓަސް ވަނީ 23 ޕޮއިންޓާއިއެކު ލީގުގެ ހަތަރުވަނަ އަށް ޖެހިލާފައެވެ. އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް އޭސީ މިލާން ރޭ ޕާމާ އަތުން ޕޮއިންޓެއް ހޯދި ނަމަވެސް މޮޅުނުވެވުމުން އެ ޓީމު ދަމަހައްޓަމުންދިޔަ ލީޑު ވަނީ ތިން ޕޮއިންޓަށް ކުޑަވެފައެވެ

މިލާން މިހާރު އެއް ވަނައިގައި އޮތީ 27 ޕޮއިންޓާ އެކު އެވެ. އެ ޓީމާ ތިން ޕޮއިންޓް ގާތުގައި ދެ ވަނައިގައި 24 ޕޮއިންޓާ އެކު އޮތީ އިންޓަ މިލާނެވެ. އިއްޔެ އިންޓަ ވަނީ ކަލިއާރީ އަތުން 3-1 އިން މޮޅުވެފަ އެވެ. މިމެޗުގައި އިންޓަރ މިލާނަށް ލަޑުތައް ޖަހައި ދިނީ ބަރެއްލާ، އެމްބްރޯސިއޯ އަދި ލުކާކޫއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.