މިއަދު ވިލި މާލޭގައި އޮތް ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ ޑރ. ޚަލީލު ވިދާޅުވީ ވިލިމާލޭގައި ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ލިބިގެންދާނެ 100 އެނދުގެ ހޮސްޕިޓަލް ތަރައްގީ ކުރެވިގެންދާނެކަމަށެވެ.
އަދި ޑރ. ޚަލީލު ވިދާޅުވީ މި ހޮސްޕިޓަލް ތަަރައްގީ ކުރެވިގެންދާނީ ތިމާވެއްޓާއި ވެސް ރައްޓެހިގޮތަކަށް ކަމަށެވެ.
ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލަށް 29 އަހަރު ފުރިފައި ވާއިރު، އެންމެ ފުރަތަމަ އެތަން ހިންގަން ފަށާފައި ވަނީ ސިއްހީ މަރުކަޒެއްގެ ގޮތުގައެވެ. އެއިރު ތިން ކޮޓަރިއެއްގައި ހަމައެކަނި ރަސްމީ ގަޑިތަކުގައި ހިދުމަތް ދެމުން އައިސް 1999 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ ސިއްހީ މަރުކަޒުން 24 ގަޑިއިރު ހިދުމަތް ދޭން ވަނީ ފަށާފައެވެ.
އަދި މިހާރު ވިލިމާލެ ހޮސްޕިޓަލު ހިންގަމުން އަންނަ އިމާރާތަށް އެތަން ބަދަލުކުރީ 15 އޭޕްރީލް 2002 ގައެވެ.