ޑިމޮކްރެޓްސްގެ ތަރުޖަމާނަކަށް އިންތި

ޑިމޮކްރެޓްސްގެ ތަރުޖަމާނަކަށް އިންތި

Author
ހުސެއިން
24 ޑިސެމްބަރ 2023 07:29
0

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީގެ ތަރުޖަމާނަކަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހަމަޖައްސައިފިއެވެ.

ޑިމޮކްރެޓްސްގެ ތަރުޖަމާނަކަށް ކުރިޔަށް އޮތް 5 އަހަރަށް އިންތި އައްޔަންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޑިމޮކްރެޓްސް ޕާޓީގެ  ނެޝަނަލް އެސެމްބްލީގެ ބައްދަލުވުމުގައެވެ.

އިންތިއަކީ ކުރީގަ އެމްޑީޕީގެ ތަރުޖަމާންކަންވެސް ކޮށްފައިވާ ފަރާތެކެވެ.

ޑިމޮކްރެޓްސް ޕާޓީގެ  ނެޝަނަލް އެސެމްބްލީންވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ އިދާރީ ހިންގުމަށް އައްޔަންކުރުމަށް ޕާޓީގެ ރައީސް ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ނަންތައްވެސް ފާސްކޮށްފައެވެ.

އެގޮތުން، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް އައްޔަންކޮށްފައި ވަނީ ހއ. ދިއްދޫ، ބަނަފްސާގެ، އަލީ ރައްޒާނެވެ. އަދި ކައުންސެލް ޖެނެރަލް ކަމަށް ގއ. ދެއްވަދޫ، ލިވަޕޫލް، އަރުޝަދު އަބްދުލްހަކީމް ވަނީ އައްޔަންކޮށްފައެވެ.

ރަޖިސްޓްރާ ޖެނެރަލަކަށް އައްޔަންކޮށްފައި ވަނީ މއ. ސްނޯވައިޓް ނަންބަރު 4، މާލެ، ތާހާ ރަފީއުއެވެ.

މި ބައްދަލުވުމުގައި ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން މުހިއްމު ސިޔާސަތުތަކާ ގުޅޭ މަސައްކަތްތައް ކުރުމަށާއި ގޮތްތައް ކަނޑައެޅުމަށާއި ހަރަކާތްތައް އިންތިޒާމު ކުރުމަށާއި އަދި ދައުލަތުގެ މުއައްސަސާތަކުގެ އަމަލުތައް މޮނިޓާކޮށް ބެލުމަށް އުފައްދަން ޕާޓީގެ ރައީސް ހުށަހެޅުއްވި 28 ކޮމިޓީއެއް ކޮމިޓީއެއް އުފައްދުމަށް ވަނީ ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.