އެމެރިކާގެ މަޝްހޫރު މޮޑެލް އަދި ކާޑޭޝިއަން އާއިލާ އަށް ނިސްބަތްވާ ސެލެބްރިޓީ ކެންޑަލް ޖެނާ ސިންގަލް ވެއްޖެއެވެ.
އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ލަވަކިޔުންތެރިޔާ ބޭޑް ބަނީއާ އާއިއެވެ. އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަން އިއުލާން ކުރީ މިއަހަރުގެ ކުރީކޮޅުގައިއެވެ. އޭގެ ފަހުން އެ ދެ ތަރިން ވަނީ ރިލޭޝަންޝިޕެއްގައި އުޅޭކަން މީޑިއާތަކުން ޔަގީންކޮށްދީފަ އެވެ.
އެ ދެ ތަރިން އެއްކޮށް ފެނުނަސް މި ރިލޭޝަންޝިޕް ކެންޑަލް ވަނީ ވަރަށް ޕްރައިވެޓްކޮށް ބާއްވައިފަ އެވެ. ކެންޑަލް އަކީ އަބަދުވެސް އޭނާގެ ޒާތީ ލައިފް ވަރަށް ޕްރައިވެޓްކޮށް ބާއްވާ މީހެކެވެ.
ކެންޑަލް ޖެނާ އަކީ މަޝްހޫރު ކާޑޭޝަން ފެމިލީގެ ރިއާލިޓީ ޝޯ "ކީޕިން އަޕް ވިތް ދަ ކާޑޭޝަން"އިން މަޝްހޫރުވި ތަރިއެކެވެ. އެއަށް ފަހު އޭނާގެ މޮޑެލިން ކެރިއާ ފެށި ހިސާބުން ރިއާލިޓީ ތަރިއަކަށްވުރެ ބޮޑަށް އޭނާ ފެންނަނީ މޮޑެލްއެއްގެ ގޮތުގަ އެވެ.