ރައީސް ޔާމިން އިސްވެ ހުންނަވާ ފާޓީ ޕީއެންއެފް އޮތީ އޭގެ އަސްލު ވިސްނުމުގައި ކަމަށާއި، އޮތީ އޭގެ އަސްލު އޮރިގިނަލްކަންމަތީގައި ކަމަށް، ރައީސް ޔާމިންގެ ތާއީދާއެކީ މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިންވަހީދު ވިދާޅުވެއްޖެއެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހުސެއިންވަހީދު ވިދާޅުވީ އެޕާޓީ އޮތީ އަސްލު އޮތްގޮތަށް އޮރިޖިނަލް ކަންމަތީގައި ރަައީސް ޔާމީންގެ ވިސްނުންފުޅާއި، ރައީސް ޔާމީން ރާއްޖެއާމެދު ދެކޭ ގޮތާއި އެއްކޮށް އަލުން ދިރުވަން، މުޅިން އާ ޒުވާނުންތަކަކާއި އެކު، ކުރިއަށްދާން ވެގެން ކަމުގައެވެ.
މިއަދު އަޅުގަނޑުމެން މި އުޅެނީ ޕީއެންއެފް ކިޔާފައި ހަމަ ކުރީގައި އޮތް ފިކުރު، އޭގެ އަސްލު އޮތްގޮތަށް އޮރިޖިނަލް ކަންމަތީގައި ރަައީސް ޔާމީންގެ ވިސްނުންފުޅާއި، ރައީސް ޔާމީން މި ރާއްޖެއާ ދެކޭ ގޮތާއި އެއްކޮށް އަލުން ދިރުވަން، މުޅިން އާ ޒުވާނުންތަކަކާއި އެކު، ކުރިއަށްދާން ވެގެން.
ހުސެއިންވަހީދު ވިދާޅުވިއެވެ.
ރޭގެ އެއްވުމުގައި ވާހަކަ ދައްކަވަމުން ހުސެއިން ވަހީދު ވިދާޅުވީ އޭނާ ދެކޭގޮތުގައި ތަރައްގީއާއި ކުރިއާއި މިހާރާ ދެމެދު އޮންނާނެ ތަފާތެއް ކަމަށާއި، އޭނާ އަބަދުވެސް ހުންނާނީ އޭނާ ދެކޭ އުސޫލުގެ މަތީގައި ކަމަށެވެ.
ރާއްޖޭގެ ރައްޔިތުން ކޮންމެ ފަސް އަހަރަކުން އެއްފަހަަރު ރާއްޖެއަށް ވެރިއަކު އެބަ ހޮވާ، އަޅުގަނޑުމެންނަށް ނޭނގޭ ކަމަކީ ކިހިނެއްކަން މި އެއްޗެއް މިނެ ކިރެނީ، މިނެ ކިރާ ގޮތެއް އެއްގޮތަަށްވެސް ނޭނގެ، ސިޔާސީ ވާހަކައެއް އަބަދުވެސް މި ދައްކަނީ، ކޮންމެ މީހަކުވެސް އައިސް މި ބުނަނީ ކުރީގައި އޮތް ސަރުކާރު ވަރަށް ގޯހޭ، ތިމަންނަމެން މިތިބީ ވަރަށް ނަލަވެގެން އައިސްފައޭ، މޭކަޕް އުނގުޅައިފިއްޔޭ، ލިޕްސްޓިކް ޖައްސައިފީމޭ، ކަންފަތު މުންޖެއް ލައިފިއްޔާ، އެހެން ނޫނީ އަރާ ބޫޓު ބަދަލުކޮށްފީމޭ، ބެލެޓް ތަފާތުކޮށްފީމޭ، ބޮލުގައި ލާ ޖެލް ބަދަލުކޮށްފީމޭ، ތިމަންނަމެން ހޮވާ ދޭށޭ
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސެއިން ވަހީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ