ސްޓެލްކޯގެ ތާރީޚުގައި ހިންގާ އެންމެ ބިޔަ މަޝްރޫޢު އަންނަ އަހަރު ފަށަނީ

ސްޓެލްކޯގެ ތާރީޚުގައި ހިންގާ އެންމެ ބިޔަ މަޝްރޫޢު އަންނަ އަހަރު ފަށަނީ

Author
އައިޝަތު އަޙްމަދު
21 ޑިސެމްބަރ 2023 07:21
0

މާލެ ސަރަހައްދުގެ މައި ކަރަންޓު ކުންފުނި ސްޓެލްކޯގެ ތާރީޚުގައި ހިންގާނެ އެންމެ ބިޔަ މަޝްރޫޢު އަންނަ އަހަރު ފަށްޓަވާނެކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ މިހެން ވިދާޅުވީ ސްޓެލްކޯގެ 74 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ، ކަރަންޓުގެ ޚިދުމަތުގެ އަލިމަސްޔޫބީލާ ގުޅުވައިގެން ރާއްޖޭގައި ހިންގޭ އެންމެ ބޮޑު، އަދި ބިޔަ ހަކަތައިގެ މަޝްރޫއު އަންނަ އަހަރު ފަށްޓަވާނެކަމަށާއި،  އެ މަޝްރޫއާއެކު މި ސިނާއަތުގައި މަސައްކަތްކުރާނެ މީހުން ތަމްރީންކުރުމުގެ ޕްރޮޖެކްޓެއްވެސް ކުރިއަށް ގެންދަވާނެކަމަށެވެ.

މި ކުންފުންޏާއި، މިސިނާއަތަށް 75 އަހަރު ފުރިގެންދާ އަހަރަކީ މީގެ ކުރިން އަޅުގަނޑުމެން ހިންގާފަނުވާ ފަދަ ބިޔަ ޕްރޮޖެކްޓެއް، ރާއްޖޭގަ ނުވަތަ މާލޭގަ ހިންގިގެންދާނެ އަހަރަކަށް ވާނެ.

– ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވިއެވެ.

ކުންފުނީގެ މިވަގުތު ތިބި މުވައްޒަފުންގެ އަދަދަށް ބަލާއިރު ދަތިކަމަކަށް ވާނެކަން ފާހަގަކުރައްވަމުން ފަހުމީ ވިދާޅުވީ، އަންނަ އަހަރު، 100 މެގަވޯޓް ޕަވާރ ޕްލާންޓެއްއަޅައި އަދި އެކަމުގެ މަސައްކަތް ފަށާނެކަމަށެވެ. އޭގެ ތެރެއިން ރަނގަޅު އަދަދަކަށް ޒުވާނުންނަށް ސްކޮލާޝިޕުގެ ފުރުސަތު ދެއްވާނެކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.