ހަދަމުން އަންނަ އިމާރާތެއްގެ މަތިން ހޮޅިދަނޑިއެއް ވެއްޓި މީހަކު ޒަހަމްވެއްޖެ

ހަދަމުން އަންނަ އިމާރާތެއްގެ މަތިން ހޮޅިދަނޑިއެއް ވެއްޓި މީހަކު ޒަހަމްވެއްޖެ

Author
އަހުމަދު
20 ޑިސެމްބަރ 2023 10:45
0

މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން ހޮޅިދަނޑިއެއް ވެއްޓި މިރޭ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި އަންހެން މީހާ އަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ރޯޝަނީ މަގުގައި ހުރި ހަދަމުންދާ އިމާރާތަކުން ހޮޅިދަނޑިއެއް ވެއްޓި, އަންހެނަކަށް އަނިޔާވެގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ މިރޭ 7:29 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ދަނީ ބަލަމުންނެވެ.

ހޮޅިދަނޑިއެއް ވެއްޓިފައި ވަނީ ސޯސަން މަގާއި ރޯޝަނީ މަގު ހިމެނޭހެން ހަދަމުންދާ ޓާޓާ ފްލެޓް އިމާރާތުގެ މަތިން ކަން އެނގިފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.