ސިޔާސީ ޕާޓީއަކަށް މާލޭ ސިޓީ ކައުންސިލް ދީފިނަމަ ދިވެހިން އަދިވެސް ހާލުގަ ޖެހޭނެ: ޝުއައިބު

ސިޔާސީ ޕާޓީއަކަށް މާލޭ ސިޓީ ކައުންސިލް ދީފިނަމަ ދިވެހިން އަދިވެސް ހާލުގަ ޖެހޭނެ: ޝުއައިބު

Author
ހުސެއިން
19 ޑިސެމްބަރ 2023 08:40
0

ސިޔާސީ ޕާޓީއަކަށް މާލެއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށާއި، މާލޭ ސިޓީ ކައުންސިލް ސިޔާސީ ޕާޓީއަކަށް ދީފިނަމަ އަދިވެސް ދިވެހި ހާލުގަ ޖެހޭނެ ކަމަށް، މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް އަމިއްލަގޮތުން ވާދަކުރައްވާ ފުރަހަނި ޝުއައިބު ވިދާޅުވެއްޖެއެވެ.

ރޭ ސަންގު ޓީވީން ބޭއްވި މޭޔަރުންގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝުއައިބު ވިދާޅުވީ އޭނާ އަމިއްލަގޮތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރައްވަނީ އެ ހަގީގަތާއި ދުރަށް ދާން ބޭނުންވާތީ ކަމަށާއި، މިހާރު ކުރިމަތިލާފައި ތިބި ކެނޑިޑޭޓުންގެ ތެރެއިން މާލޭގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކޮށްދެވޭނެ ކެނޑިޑޭޓަކަށް ހުރީ އޭނާ ކަމުގައެވެ.

މިތިއްބެވި ހުރިހާ ބޭފުޅުން ކުރި ކަމަކީ ދިވެހިން ކުލީގެ އަޅުންނަށް ހެދުން. އަޅުގަޑު މީ މާލޭ މީހެއް. އަޅުގަޑަށް އިނގޭ މާލެއަށް ވީގޮތް. 54 އަހަރުވީ އުމުރުން. އަޅުގަޑުމެން ބޭނުންވެގެން މިއުޅެނީ، ދިވެހިން ބޭނުންވެގެން މިއުޅެނީ ރީތި ތާހިދު ދިރިއުޅުމެއް. ތަރުތީބު ދިރިއުޅުމެއް. އަޅުގަޑު މާލޭ މޭޔަރުކަމަށް އަމިއްލަގޮތުން ކުރިމަތި މިލީ ސިޔާސީ ތަޖުރިބާ ލިބިގެން. އަޅުގަޑު މި މަސައްކަތް ކޮށްފިން. މިމަސައްކަތް ކުރުމުގެ ނަތީޖާއަކީ ކޮބައިތޯ؟ ސިޔާސީ ޕާޓީތަކުން އައިސް ކުރާކަމަކީ ސިޔާސީ ޕާޓީތަކުގެ އާންމު މެމްބަރުންގެ، އެމީހުންގެ އަޅުންނަށްވެގެން އެމީހުންގެ ވެރިންނަށް ޚިދުމަތް ކޮށްދިނުން. ސިޔާސީ ޕާޓީތަކުން ދިވެހިރާއްޖޭ މަލްޓިޕާޓީ ނިޒާމުގައި މިހާރު ވެރިކަން ކުރަނީ. އަދި ރައްޔިތުންގެ މަޖިލިހާއި، ސިޓީ ކައުންސިލެއް އޮތިއްޔާ ރަށުކައުންސިލެއް އޮތިއްުޔާވެސް އެތަނަށް ވަދެ މިތިބެނީ. ކޮންކަމެއްތޯ މި ކުރަނީ. މިކުރާކަމަކީ ސިޔާސީ ޕާޓީތަކުގެ ވެރިންނަށް އަޅުދާސްތުވުން.

ޝުއައިބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭނާ މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން ކަމަށާއި، ސިޔާސީ ޕާޓީތަކާއި ސަރުކާރަކާއި ޖަމިއްޔާ ޖަމާއަތްތަކާއެކީ މަސައްކަތް ކޮށްނެން ނަތީޖާ ނެރެދޭނެ ކަމުގައެވެ.

މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ހޯއްދެވި ކާމިޔާބީއާ އެކުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުންނެވެ. ރައީސް މުއިއްޒާ އެކުގައި ސަރުކާރުގެ އެކިއެކި މަގާމުތަކަށް ވަޑައިގަތުމަށް މާލެ ސިޓީ ކައުންސިލްގެ ތިން ކައުންސިލަރުން ވެސް އިސްތިއުފާ ދެއްވާފައިވެއެވެ.

މި ގޮނޑިތަކަށް ބޭފުޅުން އިންތިހާބު ކުރުން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުންޏެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ބޭފުޅުންގެ ތެރޭގައި ދެން ހިމެނެނީ އެމްޑީޕީގެ ޓިކެޓުގައި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްއާއި، މިހާރު މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން މިނިވަން މެމްބަރެއްގެ ގޮތުގައި ފުރަހަނި ޝުއައިބުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.