އުފާވެރި ހަމަޖެހޭ ދިރިއުޅުމަކަށް ބޭނުންވަނީ މިނިމަމް ވޭޖެއް ނޫންކަމަށާއި ބޭނުންވަނީ ލިވަބަލް ވޭޖެއް ކަމުގައި، މާލޭ ސިޓީގެ މޭޔަރުކަމަށް ރައީސް ޔާމިން އުފައްދަވާ ޕީއެންއެފް ޕާޓީގެ ކެނޑިޑޭޓް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.
ރޭ ސަންގު ޓީވީން ބޭއްވި މޭޔަރުންގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހުސެއިން ވަހީދު ވިދާޅުވީ ރައްޔިތު މީހާގެ މޫނު މައްޗަށް ހިނިތުންވުން ގެނެވޭ ވަރަށް ކަންކުރެވިގެން ނޫނީ ބޯހިޔާވަހިކަމުގެ އުފާވެރިކަން ލިބިގެންދާކަން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އިމާރާތެއްގެ ތެރެއަށް ގޮސް ވަދެ އެތަނުގެ ފިނިޝިން ނުހެދޭ ވަރުވީމާ ކޮބާތޯ ލިބޭ ހިތްހަމަޖެހުމަކީ. އިމާރާތެއްގެ ތެރެއަށް ވެދެ ކަރަންޓް ބިލް، ފެން ބިލު ނުދެއްކުނީމާ ކޮބާތޯ އަޅުގަނޑުމެންނަށް ލިބޭ ހިތްހަމަޖެހިމަކީ، އަޅުގަނޑުމެން މިކިޔަނީ މިނިވަން ވޭޖެއް ތައާރަފްކުރި ވާހަކަ ދާދި ފަހަކުން. އަޅުގަނޑުމެން ބޭނުންވަނީ ލިވަބަލް ވޭޖެއް ކޮންމެވެސް ސިފަޔަކުން ކަނޑައެޅިގެން ދާށޭ.
މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ 4 ކެނޑިޑޭޓުންގެ ތެރެއިން 3 ކެނޑިޑޭޓުން ބައިވެރިވި ބަހުސްގައި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބޯހިޔާވަހިކަމަކީ ބޯމަތީގައި ޓިނުގަޑެއް ބޭއްވުން ނޫންކަމަށާއި، އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯދާ ދެވޭނީ މާލޭގެ ރައްޔިތުންނަށް ބޭނުންވަނީ ކޮންކަންތައްތަކެެެއްތޯ ސާފުކޮށްގެން ކަމުގައެވެ.
އަބަދުވެސް އަޅުގަނޑުމެން މިދައްކަނީ ބޯހިޔާވަހިވަނީއޭ ބޯމަތީގައި ޓިނުގަނޑެއް ބޭއްވީމަ.
ހުސެއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއީ ބަދަލުކުރަންޖެހ ވިސްނުމެއް ކަމަށާއި، މާލެ ތަރައްގީ ކޮށް ނިމޭއިރު މީހުންނަށް ނޭވާލެވޭވަރުގެ ޖާގަ އޮންނަން ޖެހޭނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ