ހުޅުމާލޭގައި ދަރިއަކު ވަޅިން ހަމަލާ ދިނުމުން މަންމައަށް ސީރިއަސް އަނިޔާތަކެއް!

ހުޅުމާލޭގައި ދަރިއަކު ވަޅިން ހަމަލާ ދިނުމުން މަންމައަށް ސީރިއަސް އަނިޔާތަކެއް!

Author
އަހުމަދު
18 ޑިސެމްބަރ 2023 11:04
0

ހުޅުމާލޭގެ ފްލެޓެއްގެ ތެރޭގައި ހިންގި އާއިލީ ހަމަނުޖެހުމެއްގެ ތެރޭގައި މީހަކު އޭނާގެ މަންމަ އަށް މިރޭ ވަޅިން ހަމަލާ ދިނުމުގެ ސަބަބުން އޭނާ އަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް އެކެއްގެ ފްލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާ ދީފައިވާ މައްސަލައެއް މިއަދު 18:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަނިޔާވި މީހާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ވަޅި ހެރުމުގެ ސަބަބުން ޒަހަމްވީ އުމުރުން 51 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

"ހަމަލާ ދީފައި ވަނީ އާއިލީ މައްސަލައެއްގައި ދަރިފުޅަކު އޭނާގެ މަންމަ އަށް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ،" ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުދުހުދު
ބަލި ކުއްޖެކޯ.....ޑްރަގު ބަލި ކުއްޖެއްބާ؟ އެހެން ވެއްޖެނަމަ ހައްލަކީ ޢުމަރުު.
ޕ ޕޮލިް
ދޫނިދޫ ގެނެސް ކުރޮސްގަ ބާއްވާ. ކާން އެކަނި ބިޑި ނައްޓާ.