އެއްވެސް ކެނޑިޑޭޓެއްގެ ހައްގަކަށް އުނިކަން އަންނަ ކަމެއް ނުކުރުމަށް އިލްތިމާސް ކޮށްފި

އެއްވެސް ކެނޑިޑޭޓެއްގެ ހައްގަކަށް އުނިކަން އަންނަ ކަމެއް ނުކުރުމަށް އިލްތިމާސް ކޮށްފި

Author
ހުސެއިން
16 ޑިސެމްބަރ 2023 09:46
0

މާލޭގެ މޭޔަރަކު އިންތިޚާބު ކުރުމުގެ ކެންޕޭންގައި އެއްވެސް ކެނޑިޑޭޓެއްގެ ހައްގަކަށް އުނިކަމެއް އަތުވެދާނެފަދަ ކަމެއް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

މިކަމަށް އިލްތިމާސް ކޮށްފައިވަނީ މާލޭ ސިޓީއަށް މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބުއެވެ.

ހަބީބު ވިދާޅުވީ އެންޓި ކެމްޕޭން ނުވަތަ ކެނޑިޑޭޓުންނަށް ތާއީދު ކުރައްވާ ފަރާތްތަކުން އެހެން ކެނޑިޑޭޓުންނާއި ގުޅިގެން އެކި ކަހަލަ ވާހަކަތައް ކެމްޕޭންތަކުގައި ދައްކާ ކަމުގައެވެ. އަދި އޭނާވަނީ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

އެހެންވީމާ ކޮންމެ ކެނޑިޑޭޓަކުވެސް އަނެކެއްގެ ޙައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ، އަދި މިނޫނަސް އިންތިހާބެއްގެ ކެމްޕެއިންތެރޭގައި ހަމަޔާ އުސޫލުގެ ތެރެއިން ކަންކަން ރާވާ ހިންގުމަކީވެސް މުހިންމުކަމެއް.

ހަބީބު ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ މާލެ ސިޓީއަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނަކީ ޒިންމާދާރު މަގަމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުން ކަމަށެވެ. އެހެންކަމުން، އެ ޒިންމާތަކާއެކު ކުރެއްވި މަސައްކަތެކޭ އެއްގޮތައް ނަމޫނާ ދެއްކުމަށް އެނާވަނީ އެދިވަޑައިގެންފައެވެ.

މާލޭ މޭޔަރުކަމަށް 5 ކެނޑިޑޭޓަކު ވަދަކުރައްވައެވެ. މިއަދު ވަނީ މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައްވެސް ތަރުތީބުކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން ގޮނޑި ހުސްވެފައިވާ 3 ދާއިރާއަކީ ހެންވޭރު ދެކުނާއި، މާފަންނު ދެކުނުގެ އިތުރުން މެދު ހެންވޭރެވެ.

މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު:

• ކެންޑިޑޭޓް ނަންބަރު 1: ޝުޢައިބު ޢަލީ/ އަމިއްލަ ގޮތުން
• ކެންޑިޑޭޓް ނަންބަރު 2: ޙުސައިން ވަހީދު / އަމިއްލަ ގޮތުން
• ކެންޑިޑޭޓް ނަންބަރު 3: ޢާއިޝަތު ޢާޒިމާ ޝަކޫރު / ޕީއެންސީ
• ކެންޑިޑޭޓް ނަންބަރު 4: އާދަމް ޢާޒިމް / އެމްޑީޕީ
• ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު / ދަ ޑިމޮކްރެޓްސް

މާލެ ސިޓީ މޭޔަރުކަމަށާއި، މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ނޮވެންބަރުމަހުގެ 28 ގައެވެ. މުއްދަތު ދީފައިވަނީ މިމަހުގެ 13 އާއި ހަމައަށެވެ.

މާލޭ މޭޔަރުއ ަދި ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.