މިމަހު 23 ވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 10 ބޭފުޅަކަށް ޕްރައިމަރީ ބާއްވަން ނުޖެހި ޓިކެޓް ކަށަވަރު ވެފައިވާކަމަށް ދެޕާޓީގެ ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ 10 ދާއިރާއަކަށް ވާދަކުރުމަށް ފޯމު ހުށައެޅީ އެންމެ ފަރާތަކުން ކަމަށްވާތީ، އެފަރާތްތަކަށް ޓިކެޓު ކަށަވަރުވެފައިވާ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީ ބާއްވަން ނުޖެހި ޓިކެޓް ކަށަވަރުވީ ފަރާތްތަކަކީ:
ފޮނަދޫ ދާއިރާ – ޕީއެންސީގެ ޗެއާރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ
އޭދަފުށި ދާއިރާ – އެދާއިރާގެ މިހާރުގެމެންބަރު އަހްމަދު ސަލީމް
ބާރަށު ދާއިރާ – ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާޢު
މަހިބަދޫ ދާއިރާ – އެދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް
ގަލޮޅު ދެކުނު ދާއިރާ – އެ ދާއިރާގެ ކައުންސިލަރު އިބްރާހީމް މުޙައްމަދު
އައްޑޫ ސިޓީގެ ހިތަދޫ މެދު ދާއިރާ – މަޝްހޫރު ނޫސްވެރިޔާ އަޙްމަދު އަޒާން
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ 10 ދާއިރާއަކަށް ވާދަކުރުމަށް ފޯމު ހުށައެޅީ އެންމެ ފަރާތަކުން ކަމަށްވާތީ، އެފަރާތްތަކަށް ޓިކެޓު ކަށަވަރުވެފައިވާ ވީނަމަވެސް، ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ނަގަމުންދާތީ އެ ޢަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއް ކަމުގައެވެ.
ޕީޕީއެމް/ޕީއެންސީގެ ޗެއަރމަން އަބުދުއްރަހީމް ވިދާޅުވެފައިވަނީ، ބައެއް އެހެން ޕާޓީތަކުން ކޯލިޝަންގައި ތިބި ނަމަވެސް، މިހާތަނަށް ނިންމާފައިވަނީ ޕީޕީއެމް/ޕީއެންސީ އެކަނި މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ކަމުގައެވެ.
ކޮމެންޓު ފޮނުވާ