އިންޑިއާއެކު ކުރީސަރުކާރުން އެކުލަވާލި ހައިޑްރޯގްރަފީ އެއްބަސްވުން އުވާލައިފި

އިންޑިއާއެކު ކުރީސަރުކާރުން އެކުލަވާލި ހައިޑްރޯގްރަފީ އެއްބަސްވުން އުވާލައިފި

އިންޑިއާއާ ދެމެދު އެއްބަސްވެފައިވާ ރާއްޖޭގެ ހައިޑްރްގްރަފީ ސާވޭގެ އެއްބަސްވުން މިސަރުކާރުން ނިމުމަކަށް ގެނެސްފިއެވެ.

ސަރުކާރުގެ ފުރަތަމަ 4 ހަފްތާގެ ކާމިޔާބީއާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާލުވީ، ރާއްޖޭގެ ސަލާމަތަށް ނުރައްކާ ފަދަ އެއްބަސްވުންތައް އުވާލުމުގެ މަސައްކަތް ފެށުމަކީ ހަފްތާ14ގައި އިސްކަންދީފައިވާ ކަމެއްކަމަށެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރަފީ ސާރވޭ އުވާލަން ނިންމާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ އޭގެތެރެއިން ހައިޑްރޯގްރަފީ އެއްބަސްވުން ބުނާގޮތުން އެ އެއްބަސްވުން ނިމުމަކަށް އަންނާނީ އަންނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހުކަމަށާއި، އެ އެއްބަސްވުން ކުރިއަށް ގެންދަން ބޭނުންނުވާކަން 6 މަސް ދުވަހުގެ ކުރިން އެޤައުމަށް އަންގަން ޖެހޭކަމަށެވެ. އެހެން ނޫންނަމަ އިތުރު ފަސް އަހަރަށް އޮޓޯއިން  އެ އެއްބަސްވުން އައުވާނެކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ. އެ އެއްބަސްވުން އައު ނުކުރުމަށް މިސަރުކާރުން ނިންމަވައި އެކަން މިހާރު އިންޑިއާއަށް އަންގަވާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

6 މަސް ދުވަހުގެ ކުރިން އެއްބަސްވުން ކުރިއަށްގެންދަން ބޭނުން ނުވާކަމަށްވާނަމަ މި އެއްބަސްވުމުގައި ހިމެނޭ އަނެއްފަރާތަށް އަންގަންޖެހޭ. އެހެންނޫނަކަމށްވާނަމަ އޮޓޯއިން އެ އެއްބަސްވުން އިތުރު ފަސްއަހަރަށް އިތުރުވެގެންދާގޮތަށް އެއްބަސްވުމުގެ މާއްދާތައް ހިމެނިފައިވަނީ. އެހެންވީމަ 7 ޖޫން 2024ގެ ކުރިއަށް 6މަސް ދުވަސް ފާހަގަވެގެންދާގޮތަށް މިހާރުވަނީ އެ އެއްބަސްވުންކުރިއަށްގެންދަން ބޭނުންނުވާކަން އެއްބަސްވުމުގަ ހިމެނޭ އިންޑިއާއާ އެކަން ހިއްސާކުރެވިފަ.

– ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް އެންމެ ފަހިގޮތަކީ އެ ޤާބިލްކަން ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ ތެރޭގައި ޤާއިމްކޮށް ދިވެހި އަސްކަރިއްޔާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުންކަމަށެވެ. އެކަން ކުރުަމށް ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، އެކަމަށް ބަޖެޓުވެސް ރައީސް މިހާރު ހަމަޖައްސައިދެއްވާފައިވާކަމަށެވެ.

އިޑްރޯގްރަފީ އެއްބަސްވުމަކީ ރާއްޖޭގެ ސިޔާދަތަށް އެންމެ އިސްކަންދޭ އެއްބަސްވުމެއް ނޫންކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *