ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހުރިހާ އަތޮޅެއްގައި ވަގުފް ޢިމާރާތްކޮށް، ހުޅުމާލޭގައިވެސް ވަގުފްގެ ޢިމާރާތެއް ޤާއިމްކުރާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިސްލާމިކް ޝޯޝަލް އިކޮނޮމީ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
ޝަހީމް ވިދާޅުވީ ވަގުފް މަޝްރޫޢު ކާމިޔާބުވުމުން، ފަޤީރުންނާއި މިސްކީނުން ދާއިމީކޮށް ޙައްޖަށް ފޮނުވޭނެކަމަށެވެ. ޝަހީމް ވިދާލޫވީ ހުޅުމާލޭގައި 200 މިލިއަން ރުފިޔާގެ ވަގުފް ޢިމާރާތެއް ޤާއިމްކުރައްވާނެކަމަށެވެ. އެ މަޝްރޫޢު އަންނަ ޖެނުއަރީމަހު ފަށްޓަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ މަޝްރޫޢުއުން ދެ އަހަރުތެރޭގައި ފައިދާ ވާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ފަރުޟު ހައްޖުކުރަން ބޭނުންވާ މީހުންނަށް ކޮންމެ ފަގީރަކަށް ދައުލަތުން އެ ހިދުމަތް ދެވިގެންދާނެ، އެ މަޝްރޫއު ނިމުމަށްފަހު.
– މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ވަގުފު ތަރައްގީ ކުރުމަށް ބޭންކްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާލުވިއެވެ. އަދި ބޭނުންވަނީ ކުރިއަށް އޮތް ތިން އަހަރު ތެރޭ ކޮންމެ އަތޮޅެއްގައި ވެސް ވަގުފް ޕްރޮޕަޓީއެއް ޤާއިމްކުރުމަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އިސްލާމީ އިގްތިސާދު ކުރިއެރުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ