ސެލީނާ ލޯބިވެރިއަކު ހޯދައިފި

ސެލީނާ ލޯބިވެރިއަކު ހޯދައިފި

Author
ފާތިމަތު ނާވީ
14 ޑިސެމްބަރ 2023 08:02
0

މަޝްހޫރު ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް އާ ބައިވެރިޔަކު ހޯދައިފި އެވެ.

މި ދޭތެރެއަކުން ޒޭން މާލިކް އާއި ލޯބީގެ ގުޅުމެއް އޮންނަ ކަމަށް އަޑު އަރައިފައިވާ ސެލީނާ ގެ އައު ބައިވެރިއަކީ ޕްރޮޑިއުސަރު ބެނީ ބްލާންކޯ އާއިއެވެ. އެ ގުޅުމާއި ބެހޭ އިތުރު ތަފްސީލުތައް ސެލީނާ ގޯމޭޒް ދީފައި ވަނީ މީގެ ކުރިން އެދެމީހުންގެ މެދުގައި އޮތް ގުޅުމަށް އިޝާރާތް ކޮށް ވާހަކަ ދައްކަމުންނެވެ.

ފޭން ޕޭޖެއްގައި ފޭނުންތަކެއް ކުރި ޕޯސްޓްތަކަކާ ގުޅިގެން ސެލީނާ ކުރި ކޮމެންޓްތަކެއްގައި ވަނީ ބެނީއާ ޑޭޓްކުރަމުން އަންނަކަން ކަށަވަރުކޮށްދީ، އެ މީހުންގެ ގުޅުމަށް މިހާރު ހަ މަސްވެފައިވާ ކަމަށް ވެސް ބުނެފަ އެވެ.

 

View this post on Instagram

 

A post shared by Selena Gomez (@selenagomez)

31 އަހަރުގެ ލަވަކިއުންތެރިއާ އިތުރަށް ބުނީ ބެނީ އަކީ އޭނައާ މިހާތަނަށް ދިމާވީ އެންމެ ރަނގަޅު މީހާ ކަމަށެވެ. އަދި އެގުޅުމާއި މެދުގައި ވަރަށް ހިތްހަމަ ޖެހޭ ކަމަށާާއި ކަމަށާއި ގުޅުމާ މެދު ވަރަށް އުފަލުން ހުރި ކަމަށެވެ.

އެމެރިކާގެ ވާޖިނިއާ އުފަން ބެނީ، 35، އަކީ ރެކޯޑް ޕްރޮޑިއުސަރެކެވެ. އޭނައާ އެކީ މިހާތަނަށް ވަރަށް ގިނަ ފަންނާނުން މަސައްކަތްކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.