މާދަމާއިން ފެށިގެން އެއަރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ޓެކްސީ ތަކަށް މަޑުކުރެވޭނެ

މާދަމާއިން ފެށިގެން އެއަރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ޓެކްސީ ތަކަށް މަޑުކުރެވޭނެ

Author
ހުސެއިން
09 ޑިސެމްބަރ 2023 06:54
0

ރާއްޖޭގެ މައި އެއަރޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ޓެކްސީތަކަށް ޑޮމެސްޓިކް ޓާމިނަލާ ހަމައަށް މަޑުކުރެވޭ ގޮތް ހަދަން އެމްއޭސީއެލްއިން ނިންމައިފިއެވެ.

އެމްއޭސީއެލްއިން ބުނެފައިވަނީ، ޓެކްސީތަކަށް މާދަމާއިން ފެށިގެން ޑޮމެސްޓިކް ޓާމިނަލާއި ހަމައަށް ދެވޭނެ ކަމުގައެވެ. އަދި މި ބަދަލު ގެންނަނީ ވައިގެ ދަތުރުފަތުރަށް ޑޮމެސްޓިކް ޓާމިނަލް ބޭނުންކުރާ ފަރާތްތަކަށް މިހާރަށްވުރެ ފަސޭހަ ކުރުމަށް ކަމަށްވެސް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.

މީގެ ކުރިން ޓެކްސީތަކަށް މަޑު ކުރެވެނީ އިންޓަރނޭޝަނަލް ޓާމިނަލް ކައިރިއަށެވެ. އެއަށްފަހު ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދާންޖެހެނީ ލަގެޖްތައް ހިފައިގެން ހިނގާފައެވެ.

މިބަދަލް ގެނައިނަމަވެސް ޓެކްސީތައް ނެގުމަށް އަދިވެސް ހިގާފަ ދާންޖެހެނީ އިންޓަނަލް ޓާމިނަލް ފަސްދީ، މިހާރުވެސް ޓެކްސީތައް ނެގުމަށް ހަމަޖައްސާފައި އޮންނަ ސަރަހައްދަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.