ޕީޕީއެމް/ޕީއެންސީގެ މަޖިލީސް ޕްރައިމަރީގައި ވާދަކުރަން އެމްއެންޕީންވެސް ހުޅުވާލައިފި

ޕީޕީއެމް/ޕީއެންސީގެ މަޖިލީސް ޕްރައިމަރީގައި ވާދަކުރަން އެމްއެންޕީންވެސް ހުޅުވާލައިފި

2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީއާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގުޅިގެން، ކޯލިޝަނުގެ ލީޑަރޝިޕްމެދުގައި އެއްބަސްވެވޭ އުސޫލުތަކެއްގެ ދަށުން ކެނޑިޓޭޑުން ނެރުމަށް ހަމަޖެހިފައިވާތީ، މޯލްޑިވްސް ނެޝަނަލް ޕަޓީގެ ފަރާތުން ރައްޔިތުންގެ މަޖްލީހުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވިފައިވާކަން އެމްއެންޕީން ހާމަކޮށްފިއެވެ.

މިގޮތުން ކޯލިޝަން ޕާޓީތަކުގެ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީގައި ވާދަކުރާ އެމްއެންޕީގެ މެމްބަރުންގެ ކިބައިގައި ހުންނަންޖެހޭ ކަމަށް އެޕާޓީން ހާމަކޮށްފައިވާ ޝަރުތުތަކަކީ:

  1. 09 ޑިސެމްބަރ 2023 ގެ ނިޔަލަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ މެމްބަރަކަށްވުން؛
  2. ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން އެއިންތިޙާބަކަށް ކުރިމަތިލާ ކެނޑިޑޭޓެއްގެ ކިބައިގައި ހުންނަން ލާޒިމުވާ ޝަރުޠުތައް ހަމަވުން.

އެމްއެންޕީން ބުނެފައިވަނީ، 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ޝައުޤުވެރިވާ މެމްބަރުން އެކަމަށް ކަނޑައެޅިފައިވާ ފޯމު 10 ޑިސެމްބަރ 2023 ގެ 14:00 ގެ ކުރިން އެމް.އެން.ޕީ. އޮފީހަށް ނުވަތަ [email protected] އަށް އީމެއިލް ކުރަންޖެހޭނެ ކަމަށެވެ.

ވެރިކަންކުރާ ކޯލިޝަންގައި އެމްއެންޕީ ހިމެނޭއިރު އެޕާޓީން ރައީސް މުއިއްޒުގެ ކެބިނެޓަގައި ތަމްސީލުކުރެއެވެ. އެމްއެންޕީގެ ފަރާތުން މުއިއްޒުގެ ކެބިނެޓުގައި އިންނަވަނީ އެޓާރނީޖެނެރަލް އުޝާމްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *