ކޮރަޕްޝަން ހުއްޓުވޭނީ ވަގުތުން ފިޔަވަޅު އެޅިގެން: ސައުދު

ކޮރަޕްޝަން ހުއްޓުވޭނީ ވަގުތުން ފިޔަވަޅު އެޅިގެން: ސައުދު

Author
ހުސެއިން
07 ޑިސެމްބަރ 2023 09:43
0
ކޮރެޕްޝަން ހުއްޓުވޭނީ އެއިރެއްގެ އޮންނަ ސަރުކާރެއްގެ ތެރޭ ހިނގާ ވަށްކަމާއި ކޮރެޕްޝަން ހިންގާފަރާތްތަކައް ވަގުތުން ފިޔަވަލު އެޅިގެން ކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭގެ އިތުރަށް ކޮރަޕްޝަން ހުއްޓުވޭނީ ކޮރެޕްޝަން ހުއްޓުވަން ތިބި މުވައްސަސާތަކުން ޒިންމާދާރު ކަމާއެކީ މަސަކަތް ކުރެވިގެން ކަމަށާއި އެހެންނަމަވެސް ފެންނަމުން ދަނީ ކޮންމެ ސަރުކާރެއްވެސް ނިމޭ އިރު ވަގުންނައް ހިމާޔަތްދޭތަން ކަމުގައެވެ.

ސަރުކާތަކުން ކޮރަޕްޝަން ހިންގާ ފަރާތްތަކަށް ހިމާޔަތް ދޭކަމަށް ސައުދު ވިދާޅުވެފައިވާއިރު، ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް ފަރާތަކުން ކޮރަޕްޝަންގެ ނުވަތަ ހިޔާނާތުގެ އަމަލެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި އެ ފަރާތަކާ މެދުގައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު ފަސް ޖެހުމެއް ނެތި އަޅުއްވާނެ ކަމަށެވެ.

އަދި ކޮރަޕްޝަނާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، ނަޒާހަތްތެރި މުޖުތަމައުއެއް ބިނާ ކުރުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއްގައި އަދި އިލްމީ ފެންވަރެއްގައި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.