ޕީޕީއެމް ޕީއެންސީގެ އިސް ލީޑަރަކަށް ރައީސް މުއިއްޒު

ޕީޕީއެމް ޕީއެންސީގެ އިސް ލީޑަރަކަށް ރައީސް މުއިއްޒު

Author
ހުސެއިން
07 ޑިސެމްބަރ 2023 06:52
0

ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަން އިސް ލީޑަރަކަށް ރައީސް މުއިއްޒު އައްޔަން ކޮށްފިއެވެ. އެމަނިކުފާނު އެ މަގާމަށް އައްޔަން ކޮށްފައިވަނީ ރޭ ބޭއްވުނު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ސެނެޓްގެ 6 ވަނަ ބައްދަލުވުމުގައި ބައިވެރިވި 103 ސެނެޓަރުންގެ އިއްތިފާގުންނެވެ.

ރައީސް މުއިއްޒު ވެރިކަންކުރާ ކޯލިޝަންގެ އިސް ލީޑަރަކަށް ހަމަޖައްސަވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި، ކުރީގެ ރައީސް ޔާމިން ޕީޕީއެމްގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާ އަދި ޕާޓީންވެސް ވަކިވެވަޑައިގެންފައިވާތީއެވެ.

ޕީޕީއެމް/ޕީއެންސީގެ އިސް ލީޑަރެއްގެ ގޮތުގައި މީގެކުރިން ހުންނަވާފައިވަނީ ރައީސް ޔާމިންއެވެ. އެއީ އެމަނިކުފާނު ޖަލުގައި ހުންނެވިވެނަަމަވެސް، ދެ ޕާޓީގެ ޖޮއިންޓު ސެނެޓުން އެކަން ފާސްކޮށްގެން އައްޔަން ކުރި މަގާމެކެވެ.

އެހެންނަމަވެސް، ޕީޕީއެމް ހިންގުމަށް ރައީސް ޔާމިން ކޮމިޓީއެއް އެކުލަވާލެއްވި މައްސަލާގައި ކޮމިޓީގެ ބޭފުޅުންނަށް ޕީޕީއެމްއިން ފިޔަވަޅު އަޅަން ފެށުމާއެކު ރައީސް ޔާމިންވަނީ ޕީޕީއެމްއިން ވަކިވެ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.