އިންތިހާބުތަކުގައި އެކުގައި މަސައްކަތްކުރަން ޖުމްހޫރީ ޕާޓީއާ އެމްޑީޕީން މަޝްވަރާ ކޮށްފި

އިންތިހާބުތަކުގައި އެކުގައި މަސައްކަތްކުރަން ޖުމްހޫރީ ޕާޓީއާ އެމްޑީޕީން މަޝްވަރާ ކޮށްފި

Author
ހުސެއިން
06 ޑިސެމްބަރ 2023 07:01
0

އެމްޑީޕީގެ 2018 ގައި އުފެދުނު ސަރުކާރުގައި އެކުގައި ސިޔާސީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޖުމްހޫރީ ޕާޓީއާއެކު ކުރިއަށް ހުރި އިންތިހާބުތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެ ޕާޓީގެ އޮފިޝަލުންނާ އެކު މިއަދު ބައްދަލުވުމެއް ބާއްވައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބުނެފައިވަނީ މި ބައްދަލުވުމުގައި ދެ ޕާޓީގެ ވާހަކަތަކަށް ފަހު, ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް އެއްބަސް ވެފައިވާ ކަމުގައެވެ.

ޖުމްހޫރީ ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާއެކު ގައުމަށް ދިމާވާ މުހިއްމު ދަނޑިވަޅުތަކުގައި ސިޔާސީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެއްކަން އެޕާޓީން ފާހަގަ ކޮށްފައި ވެއެވެ. އަދި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދައުރު ނިމުމާ ހަމައަށް އެއްބާރުލުންދީ ރައްޔިތުންނަށް ފައިދާހުރި ސިޔާސަތުތައް ތަންފީޒުކުރުމުގައި ބައިވެރިއެއްގެ ގޮތުގައި އެޕާޓީ ދެމިއޮވެފައިވާކަންވެސް އެމްޑީޕީން ފާހަގަ ކޮށްފައިވެއެވެ.

އެމްޑީޕީންވަނީ އިންތިޚާބުތަކުގައި އެކީގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން އަދާލަތު ޕާޓީއާއެކީވެސް މަޝްވަރާތަކެއް ބައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.