ވިނަރެސް ފްލެޓާއި ހިޔާ ފްލެޓުގެ ކުލި ކުޑަކޮށްފި

ވިނަރެސް ފްލެޓާއި ހިޔާ ފްލެޓުގެ ކުލި ކުޑަކޮށްފި

Author
ހުސެއިން
05 ޑިސެމްބަރ 2023 06:02
0

ވިނަރެސް ފްލެޓާއި ހިޔާ ފްލެޓްގެ ކުރި. ސަރުކާރުން ކުޑަކޮށްފިއެވެ. މިގޮތުން ހިޔާ ފްލެޓްގެ ކުލި ހަމަޖައްސާފައިވަނީ 3،984 ރުފިޔާއަށެވެ.

މިކަން އިއުލާން ކޮށްފައިވަނީ، ރައީސް މުއިއްޒު ކެބިނެޓާއެކީ ބޭއްވި ބައްދަލުވުމަކަށްފަހު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ނިންމާފައިވާނީ ފްލެޓްތަކުގެ އަގުން ދެލައްކަ ރުފިޔާއަށްވާވަރަށް އުނިކުރާގޮތަށް ކަމަށެވެ. އެގޮތުން ފެލެޓްއަގުން އުނިކުރުމުން މިހާރު ދައްކާ 5،300 ރުފިޔާގެ ބަދަލުގައި 7 އަހަރު ދުވަހަށް ދެން ދައްކަން ޖެހޭނީ 3984 ރުފިޔާ ކަމުގައެވެ.

މިހާރު އޮންނަ ގޮތުން ކުރިއަށް އޮތް 7 އަހަރަށް ދައްކަން ޖެހެނީ 5،300 ރުފިޔާ. އެ ހަތް އަހަރު ދުވަހަށް ދެން ދައްކަން ޖެހޭނީ މަހަކު 3،984.21 ރުފިޔާ. މި އަގަށް ކުޑަވަނީ ކުރިއަށް އޮތް 7 އަހަރު ދުވަހަށް މިހާރު އެގްރީމެންޓަށް އަންނާނެ ބަދަލާއި އެކު. މުއްދަތަކަށް ބަދަލެއް ނާންނާނެ.

ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ވިނަރެސް ފްލެޓްތަކުގެ، މިހާރު ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 އިންސައްތަ ކުޑަކޮށްދޭނެ ކަމަށާއި އެވްރެޖްކޮށް މަހަކު ދައްކާ އަދަދުން 4،200 ރުފިޔާ އުނިވާގޮތަށް ނިންމާފައިވާ ކަމަށެވެ.

ޑައުންޕޭމަންޓް 50 އިންސައްތައަށް ކުޑަވެ، މަހުން މަހަށް ދައްކާ އަދަދުން، އެކި ފަރާތްތަކުން އެކި ވަރަށް ދައްކަމުން ދަނީ ޑައުންޕޭމަށްޓަށް ޑިޕެންޑް ވާ ގޮތަށް. އެދައްކާ އެއްޗަކުން 4،200 އެޗްރެޖްކޮށް އުނިވެގެންދާނެ. އެ ނިންމުން ވެސް މިއަދު ވާނެ ނިންމިފަ.

ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙިޔާ ފުލެޓުގެ ކުލި ކުޑަ ކުރުމުން ފާއިދާ ވަނީ އެ ފުލެޓް ތަކުގެ ވެރީންނަށް . ޢެކަމަކު އެ ފުލެޓް ތަކުގައި ކުއަޔަށް ދިރިއުޅޭ ނިކަމެތީންނަށްވާ އެއްވެސް ފައިދާ އެއް އަދި ލިބޭ ހިންހަމަ ޖެހުމެއްވެސް ނެތް . ޥެރީންނަށް ކުލި ކުޑަކުރާ އުސޫލުން ކުއްޔަށް ދިރިއުޅޭ ފަރާތް ތަކުގެ އަތުން އެ ނަގާ ކުލި ކުޑަވާ ގޮތެއްވެސް ހައްދަވައި ދެއްވުން އެދެނަ
1 123
ޙިޔާ ފުލެޓުގެ ކުލި ކުޑަ ކުރުމުން ފާއިދާ ވަނީ އެ ފުލެޓް ތަކުގެ ވެރީންނަށް . ޢެކަމަކު އެ ފުލެޓް ތަކުގައި ކުއަޔަށް ދިރިއުޅޭ ނިކަމެތީންނަށްވާ އެއްވެސް ފައިދާ އެއް އަދި ލިބޭ ހިންހަމަ ޖެހުމެއްވެސް ނެތް . ޥެރީންނަށް ކުލި ކުޑަކުރާ އުސޫލުން ކުއްޔަށް ދިރިއުޅޭ ފަރާތް ތަކުގެ އަތުން އެ ނަގާ ކުލި ކުޑަވާ ގޮތެއްވެސް ހައްދަވައި ދެއްވުން އެދެނަ
މި ހިސާބު ދިމަލެއް ނުވޭ! އަދުރޭ ސާރ ކަންނޭގެ މި ހިސާބު ހެދީ! މިހާރު 5300 ރުފިޔާ ދައްކާއިރު އެ އަދަދު 3984 އަށް 7 އަހަރަށް ކުޑަކުރީމާ މަހަކަށް ކުޑަވާނީ 1316 ރުފިޔާ އެ ރޭޓުން 12 މަހަށް ބެލީމާ އަހަރަކަށް ކުޑަވާނީ 15792 ރުފިޔާ އެހެން ވީމާ ހަތް އަހަރަށް އެ ކުޑަވަނީ 110544 ރުފިޔާ! މި އަދަދަށް ކުލި ކުޑަކުރާނަމަ 200000 ރުފިޔާ 7 އަހަރުން ކުޑަވާނެ
އ އައްޔަ
މިހާރު ދައްކަނީ 5300 އެއް ނޫން. 6300. ކުޑަ ވަނީ 2316. 2316*12*7=194544. މިހާރު ދިމާވޭ ދޯ.
މ މަވެސް
ހުރިހާ ކަމެއް ހިލޭދިނަސް މުސްލިމުންނަކީ ތެދުވެރި ބަޔަކަށް ވާންޖެހޭ. އޮޅުވާލާގެން އިންޑިޔާ ގެންނަށް ނޫޅޭތި. އިންޑިޔާ ސިފައިން އައުޓް.... ހެލިކޮޕްޓަރު ދުންވަންވެސް އަންނަނީ ހަމަ މިލިޓަރީ ސިފައިން... ވިސްނާ.. މާފް ނުކުރާނެއް... ދެންބުނީ ބާރުލާފަ ޔާމީން މިނިވަން ކުރާނަށް ކޮޮބާ ކޮބާ ކޮބާ..... ދޮގު ދޮގު