އެޑިއުކޭޝަން މިނިސްޓަރ ދަރުމަވަންތަ ސްކޫލް ބައްލަވާލެއްވުން

ދަރުމަވަންތަ ސްކޫލަށް 3 މަސް، ބިއްލޫރިތައް ތަޅައިގެންދަނީ، ބަދަލުކޮށްދޭން އެދިއްޖެ

ދަރުމަވަންތަ ސްކޫލަށް 3 މަސް، ބިއްލޫރިތައް ތަޅައިގެންދަނީ، ބަދަލުކޮށްދޭން އެދިއްޖެ

މި ދިރާސީ އަހަރަށް ކިޔަވައިދޭން ފެށި ދަރުމަވަންތަ ސްކޫލްގެ ދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެންދާތީ، ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރިކަމަށް ބަދަލުކުރަން ޖެހިއްޖެއެވެ.

ދަރުމަވަންތަ ސްކޫލްގައި ކިޔަވައިދޭންފެށީ މީގެ ތިން މަސް ދުވަސް ކުރިންނެވެ. އައު ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވަނީ ދަރުމަވަންތަ ސްކޫލަށް ވަޑައިގެން އެ ސްކޫލްގެ ޙާލަތު ބައްލަވާލައްވާފައެވެ.

އެ ޒިޔާރަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ އެ ސްކޫލްގެ ދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ދާތީ އެކަމުގެ ކަންބޮޑުވުން އޮތްކަމަށެވެ. އެ ދޮރުތަކުގައި ހުރީ ފަސް މިލި މީޓަރުގެ ތުނި ބިއްލޫރިތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހައެއްކަފޫޓޫ ދިގު ދެފޫޓޫ ފުޅަ އެ ބިއްލޫރިތަކުގެ ތެރެއިން ތިރީހަކަށް ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދަރުމަވަންތަ ސްކޫލަކީ މަޖީދިއްޔާ ސްކޫލުގައި ދަރިވަރުން ގިނަކަމުން އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގުމަށް ދިމާވި ދަތިތައް ޙައްލުކުރުމަށް އެސްކޫލް ދެބައިކުރުމަށްފަހު މަޖީދިއްޔާ ސްކޫލުގެ ބިމުން ބައެއްގައި އުފެއްދި ސްކޫލެކެވެ.

އެތަން ބާވެ ބޭނުންނުކުރެވޭވަރު ވުމުގެ ސަބަބުން 2016ވަނަ އަހަރުވަނީ އެސްކޫލް ބަންދުކުރުމަށްފަހު ވެލާނާގެއާ އިންވެގެން އޮންނަ ބިމުގައި ވަގުތީ ޢިމާރާތެއް ހަދައި ކިޔަވިދޭންވަނީ ފަށާފައެވެ.

އޭގެ ފަހުން ކުރީ ސަރުކާރުން ވަނީ ވިލާ ކޮލެޖު ކައިރީގައި މާލޭ ޖަލާ އިންވެގެން އޮތް ބިމުގައި އައު ސްކޫލެއް ބިނާކޮސްފައެވެ.

ދަރުމަވަންތަ ސްކޫލުގެ އާއިމާރާތުގައި ކޮންމެ ކްލާހެއްގައި 25 ކުދިންނަށް ކިޔެވޭނެގޮތަށް 41 ކްލާސްރޫމް ހަަދަންވަނީ ނިންމާފައެވެ. 1000 ކުދިންގެ އާބާދީ އަކަށް ކިޔަވައިދެވޭނެގޮތަށް އިމާރާތް ކުރާ މިސްކޫލްގައި ޕްރައިމަރީއާއި ސެކަންޑަރީއަށް ޚާއްސަކޮށްގެން 2 ބުރީގެ ލައިބްރަރީއެއްވެސް ހުންނާނެއެވެ. މީގެއިތުރުން މަސައްކަތު މީހުންނަށް ޚާއްސަ ޖަގަހަ ތަކާއި އިތުރު ހަރަކާތްތައް ހިންގާނެ ރޫމްތައްވެސް ހުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *