މީ އިޝްގް" އަޅުވާ ތާރީހް އިއުލާން ކޮށްފި

މީ އިޝްގް" އަޅުވާ ތާރީހް އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
04 ޑިސެމްބަރ 2023 12:30
0

އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ ފުރަތަމަ ފިލްމް އަކަށް "މީ އިޝްގް" ވެއްޖެއެވެ.

ދިވެހި ފިލްމް އިނޑަސްޓްރީގައި ބެލުންތެރިންގެ މަގުބޫލު ކަން ހޯދައިފައިވާ ޑައިރެކްޓަރު ޒްހާން އިބްރާހިމްގެ ފުރަތަމަ ފީޗާ ފިލްމު "މީ އިޝްގު" ގެ ޓީޒާއެއް ވެސް މި ފަހުން ދައްކައިލި މި ފިލްމަކީ ދިވެހި ފިލްމު ސްޓޫޑިއޯ އިން އުފައްދައި، ޑާކް ރެއިން އެންޓަޓައިންމަންޓުން ޕްރެޒެންޓްކޮށްދޭ އެއްޗެކެވެ.

މި ފިލްމް ގެ ލީޑުން ފެނިގެންދާނީ ދިވެހި ސިނަމާގައި މިހާރު ކުރިއަރަމުން އަންނަ ދެ ތަރިން ކަމަށްވާ ޝަރަފު އާއި އައިމިނަތު ރަޝްފާ (އާޝާ) އެވެ. މީ ދެތަރިން އެކުގައި ފެނިގެންދާ ދެވަނަ ފިލްމްއެވެ.

 

View this post on Instagram

 

A post shared by Mee Ishq (@meeishq)

ޖެނުއަރީ 6 ގައި އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ފިލްމުގެ އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ފިލްމަކީ ޒުވާން ޑައިރެކްރު އަޒްހާން އިބްރާހިމްގެ އަލަތު ފީޗާ ފިލްމެވެ.

އޭނަ ކުރިން ވަނީ "ދަރަކަ" އާއި "މިރާއީ" ކިޔާ ވެބް ސީރީޒްތަކެއް ގެނެސްދީފަ އެވެ. އަޒްހާން ލިޔެ، ޑައިރެކްޓްކޮށްފައިވާ "މީ އިޝްގު" އަކީ ދިވެހި ފިލްމު ސްޓޫޑިއޯގެ އުފެއްދުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.