ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯފިއާ ވަގޭރާ ވަރަށް ތަފާތު ރޯލަކުން ފެނިގެންދާ ސީރީޒް "ގްރިސެލްޑާ" ޕްރިމިއާ ކުރާ ތާރީހު އިއުލާން ކޮށްފިއެވެ.
މި ސިލްސިލާ ގައި އޭނާ ފެނިގެންދަނީ ވަރަށް ތަފާތު ގޮތަކަށެވެ. ޓްރެއިލާ އިން އެ ތަފާތު ވަރަށް ބޮޑަށް ފާހަގަ ވެއެވެ. އޭނާގެ މޭކަޕާއި ސްޓައިލުން އޭނާ ފާހަގަ ކުރަން ވެސް ނޭގޭހައި ވެއެވެ.
މި ވެބް ސީރީޒް އަކީ ކުރިއަށް އޮތް އާ އަހަރާއި ދިމާކޮށް ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރު ވަމުން އަންނަ ސީރީއެވެ. މި ސީރީޒް ޕްރިމިއާ ކުރާނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގައިއެވެ.
ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ނެޓްފްލިކްސް އިން ގެނެސްދޭ މި ސީރީޒް އަކީ ހަ އެޕިސޯޑް ހިމެނެ އެއްޗެކެވެ. މި މިނީ ސީރީޒް އަކީ ވަރަށް ޝައުގުވެރި ސީރީޒްއަކަށް ވެގެން ދާނެކަމަށް ބެލެވެއެވެ.
މި ސީރީޒްގައި ސޯފިއާ ކުޅެނީ އެމެރިކާގެ މަޔާމީގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ބޮޑެއް ނުވަތަ "މަޔާމީ ޑްރަގް ކުއީން"ގެ ގޮތުގައި މަޝްހޫރުވި ކޮލަމްބިއާގެ މީހެއް ކަމަށްވާ ގްރިސެލްޑާ ބްލެންކޯ ރޯލެވެ.
ކޮމެންޓު ފޮނުވާ