މާލޭ ބޮޑުތަކުރުފާނު މަގުގައި ރޭ ހިނގު ނުރައްކާތެރި އެކްސިޑެންޓުގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއްވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުންގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ރޭ މެންދަމު 23:26 ހާއިރު ބޮޑުތަކުރުފާނު މަހުން ވިލާ ކޮލެޖް ކައިރީގައެވެ. އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލެއް މުޑި އަރައިގެންނެވެ.
އެކްސިޑެންޓަށްފަހު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުންދަނީ ދެސައިކަލުގައި ތިބި މީހުންގެ ތެރެއިން 3 މީހަކަށެވެ. އެއީ ދެ ފިރިހެނަކާއި އަންހެނެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ މި ހާދިސަ މިހާރު ތަހުގީގު ކުރަމުންދާ ކަމުގައެވެ.
ފަހަކަށް އައި މާލޭގައި މަގުމަތީ އެކްސިޑެންޓުތައް ހިނގަމުންދާ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ފާއިތުވި ހަފްތާގައި ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިންޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެމަފިރިންގެ ތެރެއިން ފިރިމީހާ ވަނީ މިދިޔަ އަންގާރަ ދުވަހު ނިޔާވެފައެވެ.