ރައީސް ސާލިހުގެ ވެރިކަން ނިމެމުންދަނިކޮށް، ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވެފަ އެމްޑީޕީއަށް ސޮއިކުރި، ރައީސް ޔާމިންގެ ކުރީގެ ލޯޔަރު އާސިފް އެމްޑީޕީ ދޫކޮށް، ޔާމިން އަލަށް އުފައްދަވާ ޕީއެންއެފްއަށް ސޮއިކޮށްފިއެވެ.
އޭނާ ޕީއެންއެފްއަށް ސޮއިކޮށްފައި ވަނީ އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އޮފީހުގައެވެ.
ލޯޔަރު އާސިފްއަކީ ރައީސް ޔާމިން މިނިވަން ކުރުމަށް ހިންގުނު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާފައިވާ ފަރާތެކެވެ. އެހެންނަމަވެސް ކުއްލިގޮތަކަށް، ފާއިތުވި ރިޔާސީ އިންތިޚާބުގެ ތެރޭގައި އޭނާވަނީ އެމްޑީޕީއަށް ސޮއި ކޮށްފައެވެ.
އޭނާ އޭރު އެމްޑީޕީއަށް ސޮއިކުރުމުން ޕީޕީއެމް/ޕީއެންސީގެ ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވެގެން ދިޔައެވެ.
އޭނާއަކީ ކުރިން ގިނަ ދުވަސްތަކެއްވަންދެން ޕޮލިހުގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. ފަހުން އޭނާ މަސައްކަތް ކުރައްމުން އައީ ގާނޫނީ ވަކީލެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ