ޓެކްސްއަށް މަކަރު ހެދި ކަމުގެ ތުހުމަތުގައި، ކޮލަމްބިއާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޝަކީރާގެ މައްޗަށް ކުރި ދައުވާ ކޯޓުން ބޭރުގައި ނިންމާލައިފި އެވެ.
ޝަކީރާ، އޭނަގެ ކުރީގެ ލޯބިވެރިޔާ ޖެރާޑް ޕީކޭގެ ގައުމު، ސްޕެއިންގައި ދިރިއުޅުނު ދުވަސްވަރު ދައްކަން ޖެހޭ ޓެކްސްތައް ނުދައްކައި، ޓެކްހަށް މަކަރު ހެދި މައްސަލާގައި ކޯޓުން ބޭރުގައި، ދައުވާ އިން ދެ ކުދިންގެ މަންމަ ސަލާމަތްވެގަތުމާ ބެހޭ ގޮތުން އާންމުކުރި ބަޔާނެއްގައި ބުނި މައްސަލަ އެގޮތަށް ނިންމީ ކުދިންނަށްޓަކައި ކަމަށެވެ. އަދި އެކަނިވެރި މައެއްގެ ހައިސިއްޔަތުން ދަރިންނަށް ދެރައެއް ލިބެން ބޭނުން ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ސްޕެއިންގެ ޕްރޮސިކިއުޓަރުން ބުނާގޮތުގައި، މަޝްހޫރު ޕޮޕް މިއުޒިކް ތަރި ވަނީ 2012 ވަނަ އަހަރާއި 2014 ވަނަ އަހަރާދެމެދު ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ 14.5 މިލިއަން ޔޫރޯސް (16.3 މިލިއަން އެމެރިކާ ޑޮލަރު) ނުދައްކައެވެ.
ބާސެލޯނާގެ ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި، ގްރެމީ އެވޯޑްވެސް ހާސިލްކޮށްފައިވާ ލަވަކިޔުންތެރިޔާ 2012-2014ގެ މުއްދަތުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ދުވަސް ހޭދަކުރީ ސްޕެއިންގައި ކަމަށާއި، އެހެންކަމުން އޭނާގެ ރަސްމީ ގެ ބަހާމާސްގައި ހުރިނަމަވެސް ޓެކްސް ދައްކަން ޖެހޭނެ ކަމަށެވެ.
ޓެކްހަށް މަކަރު ހެދި ކަމަށް މައްސަލައިގައި ޝަކީރާ އަށް ދައުވާކުރީ މިދިޔަ އަހަރު އެވެ. އެގޮތުން އޭނަ ސްޕެއިންގައި 2012-2014 އަށް އުޅުނު އިރު، ޓެކްސް ނުދައްކާ ކަމަށް ބުނެފައިވެ އެވެ. މިކަމާ ގުޅިގެން ޝަކީރާ ކުރިން ދައުވާ އަށް އިންކާރު ވެސް ކުރި އެވެ.
ޝަކީރާގެ ގާނޫނީ ޓީމާ ހަވާލާދީ އޭރު ބައެއް މީޑިއާތަކުން ބުނި ގޮތުގައި އޭނަ ޓެކްހަށް އިންޓަރެސްޓާ އެކީ ވެސް 3 މިލިއަން ޕައުންޑް (3.7 މިލިއަން ޑޮލަރު) ދައްކާފައިވާނެ އެވެ. ސްޕެއިންގައި އަމަލުކުރަމުން އަންނަ އުސޫލަކަށް ބަލާ އިރު، ހަ މަހަށް ވުރެ ގިނަ ދުވަހު އެ ގައުމުގައި ހޭދަކޮށްފި ނަމަ ރަށްވެއްސެއްގެ ގޮތުގައި ބަލައި، އެ މީހަކު ޓެކްސް ދައްކަން ލާޒިމުވާނެ އެވެ.
ޓެކްސްއަށް މަކަރު ހެދި ކަމުގެ ތުހުމަތެއް ޝަކީރާއަށް އުފުލާފައިވާއިރު، ސްޕެއިންގެ ޓެކްސް އިދާރާއިން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއެކު އެތައް ފަރާތަކަށް އެ ތުހުމަތު ކޮށްފައެވެ.
އެގޮތުން، ޓެކްސްއަށް މަކަރު ހެދިކަމަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު މާސެލޯ ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެއްބަސްވެފައެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ހަތަރު މަހުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ.
ޓެކްހުގެ މައްސަލާގައި ޝަކީރާ އަށް ދައުވާކުރި އިރު އޭނަ އާއި ޕީކޭގެ 13 އަހަރުވީ ގުޅުން ނިމުކަކަށް އައީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ ދެ މީހުންނަށް ލިބިފައިވާ ދަރިންނަކީ މިލާން ޕީކޭ މެބާރަކް، 10، އާއި ސާޝާ ޕީކޭ މެބާރަކް، 8، އެވެ.