މަޖިލިސް އިންތިޚާބަށް ކޯލިޝަން ހެދުމަށް ޕީޕީއެމްއައި ޖޭޕީން މަޝްވަރާ ކޮށްފި

މަޖިލިސް އިންތިޚާބަށް ކޯލިޝަން ހެދުމަށް ޕީޕީއެމްއައި ޖޭޕީން މަޝްވަރާ ކޮށްފި

Author
ހުސެއިން
26 ނޮވެމްބަރ 2023 05:46
0

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެއް ކޯލިޝަނެއްގައި ވާދަކުރުމަށް ޖުމޫހުރީ ޕާޓީއާއި ޕީއެންސީން މަޝްވަރާ ކޮށްފިއެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ދިމްޔާތުގައި އޮތް މި ބައްދަލުވުމުގައި ޑރ. މުއިއްޒުގެ އިތުރުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމްއާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންވެސް ބައިވެރިވަޑައިގެންނެވިއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާއާއި އެހެން ބައެއް މެމްބަރުންނެވެ.

ޖުމުހޫރީ ޕާޓީގެ އެންމެ ފަހުން ބޭއްވުނު ކައުންސިލް ބައްދަލުވުމުގައި ކުރިޔަށް އޮތް މަޖިލިސް އިންތިޚާބާއި ގުޅޭގޮތުން ވަނީ ޚާއްސަ ކޮމިޓީއެއް އައްޔަން ކޮށްފައެވެ. އެކޮމިޓީން ރޭ ޕީއެންސީއާއެކީ ބޭއްވި މި ބައްދަލުވުމުގެ އެއްވެސް އިތުރު މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ. ޖޭޕީން ބުނެފައިވަނީ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާއި ގުޅުންހުރި އިތުރު މައުލޫމާތު ފަހުން ހާމަ ކުރާނޭ ކަމުގައެވެ.

ޖުމުހޫރީ ޕާޓީން މަޖިލިސް އިންތިޚާބާ ގުޅޭގޮތުން ޕީއެންސީއާ ވާހަކަ ދައްކާފައިވާއިރު، ޕީޕީއެމްގެ ކުރީގެ ރައީސް ޔާމިންވަނީ އެޕާޓީ ދޫކޮށް އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ.

އެޕާޓީގެ ނަމަކަށް ހަމަޖައްސާފައިވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އެވެ. ކުލައެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ދަނބު ކުލައެވެ.ޕީއެންއެފްގެ ކުލައަކީ މީގެކުރިން ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕީލަސް އެލަޔަންސް (ޕީއޭ) ގެ ވެސް ކުލައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުސަެނުބެ
5000 ވޯޓު ހަމަނުވި ބަޔަކާއި ކޯލިޝަން ހެދީމާ ވާނީ ބޮޑު ޖޯކަކަށެވެ. އެއްގޮތަކަށްވެސް އެކަހަލަ މަޅިއެއްގައި ނުޖެހެއްޗެވެ. ގާސިމް ވަރަށް މަކަރުވެރި ވާނެއެވެ.