މަޖިލީހުގައި އެމްއެންޕީ ތަމްސީލްކުރުމުގެ ފުރުޞަތު ގެއްލިއްޖެ

މަޖިލީހުގައި އެމްއެންޕީ ތަމްސީލްކުރުމުގެ ފުރުޞަތު ގެއްލިއްޖެ

Author
އައިޝަތު އަޙްމަދު
21 ނޮވެމްބަރ 2023 10:37
0

ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ތަމްސީލްކުރުމުގެ ފުރުޞަތު އެޕާޓީއަށް ގެއްލިއްޖެއެވެ. އެމްއެންޕީއަށް އެ ފުރުޞަތު ގެއްލުނީ، ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އަހުމަދު އުޝާމް އެ ގޮނޑިން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މަޖިލީހުގައި މީގެ ކުރިން އެމްއެންޕީގެ 3 މެންބަރުން ތިއްބެވިއެވެ. އެއީ އުޝާމްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ އިތުރުން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. ތިން މެންބަރުން ތިބޭނަމަ އެޕަޓީއަކަށް މަޖިލީހުގައި ތަމްސީލްކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގައި ތަމްސީލު ކުރަން އެދޭ ޕާޓީގެ މެންބަރުންގެ އަދަދު އެއްވެސް ހާލަތެއްގައި ތިން މެންބަރުންނަށް ވުރެ މަދުވެއްޖެނަމަ، އެ ހައިސިއްޔަތު ގެއްލޭނެ ކަމަށާއި އެހެންކަމުން އެމްއެންޕީއަށް އެ ފުރުޞަތު ގެއްލިފައިވާކަމަށެވެ.

އެހެންކަމުން މިހާރު އެމްއެންޕީގެ  މެންބަރުންގެ ގޮތުގައި ތިއްބެވި މެންބަރު ރިޔާޒާއި ނާޒިމް ދެން މަޖިލީހުގެ ދަފްތަރުގައި ހިމެނިވަޑައިގަންނަވާނީ މިނިވަން މެންބަރުންގެ ގޮތުގައިކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގައި މިއަދު ވަނީ ކުރިން މިނިވަން މެންބަރެއްގެ ގޮތުގައި އިންނެވި ތުލުސްދޫ ދާއިރާގެ މެންބަރު ޕީއެންސީގެ ދަފްތަރުގައި ހިމަނާފައިވާކަން ވެސް އިއުލާންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.