އާ މިނިސްޓްރީތަކަށް ޕީއެސްއިން ހޯދަން އިއުލާން ކޮށްފި

އާ މިނިސްޓްރީތަކަށް ޕީއެސްއިން ހޯދަން އިއުލާން ކޮށްފި

Author
ހުސެއިން
19 ނޮވެމްބަރ 2023 10:29
0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އުފެއްދި އާ މިނިސްޓްރީތަކަށް ޕާމަނެންޓް ސެކެޓްރީން ހޯދަން އިއުލާން ކޮށްފިއެވެ.

ޕީއެސްއިން ހޯދަން އަލަށް އިއުލާން ކުރި މިނިސްޓްރީތަކުގެ ތެރޭގައި ހިމެނެނީ، ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީތަކެވެ. މި މަގާމްތަކަށް ކުރިމަތިލާން މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިމަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާލުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި 22 މިނިސްޓްރީއެއް ވަނީ އުފައްދައިފަ އެވެ. އޭގެ ތެރޭގައި ކުރިން ހިންގި ބައެއް މިނިސްޓްރީތައް ދެބައިކުރުމަށް ފަހު، އަލަށް ވަނީ ހަތަރު މިނިސްޓްރީއެއް އުފައްދާފައެވެ.

ޕީއެސްގެ މަގާމަކީ ސިވިލް ސާވިސްގެ އެންމެ އިސް މަގާމެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާ އެކު ސަރުކާރު ނުވަތަ ޕަބްލިކް ނުވަތަ އަމިއްލަ ތަނެއް ހިންގުމުގައި މަދުވެގެން ހަ އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

އެގެ އިތުރުން، ޕީއެސްއަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށް ސަރުކާރުގައި ނުވަތަ ޕަބްލިކް ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ހިންގުމުގައި މަދުވެގެން ހަތަރު އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުންވެސް ހިމެނެއެވެ.

2016 ވަނަ އަހަރުން ފެށިގެން ޕީއެސްކަމުގެ މަގާމަސް މީހުން އައްޔަން ކުރަނީ އެވަގުތަކު ހުންނަ މިނިސްޓަރެއްގެ ލަފާގެ މަތިންނެވެ.

ޕީއެސްއެއްގެ އަސާސީ މުސާރައަކީ މަހަކު 20،500ރ. އެވެ. ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރ. އާއެކު، މަހެއްގެ މައްޗަށް 35،500ރ. ލިބެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.