މަޝްހޫރު ދެ ވިޔަފާރި ވެރިޔަކު މުއިއްޒުގެ އެޑްވައިޒަރުންނަށް

މަޝްހޫރު ދެ ވިޔަފާރި ވެރިޔަކު މުއިއްޒުގެ އެޑްވައިޒަރުންނަށް

އިއްޔެ ރާއްޖޭގެ ވެރިކަމުގެ ހުވާކުރެއްވި، ރައީސް މުއިއްޒު އެމަނިކުފާނުގެ އެޑްވައިޒަރުންގެ ގޮތުގައި މަޝްހުރު ދެ ވިޔަފާރިވެރިޔަކު ހަމަޖައްސައިފިއެވެ.

އެގޮތުން މުއިއްޒު ދެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ މަޝްހޫރު ވިޔަފާރަވެރިޔާ މުހައްމަދު އަލީ ޖަނާހުއާއި މުހައްމަދު ހަލީލުއެވެ. ޖަނާހު އައްޔަން ކޮށްފައިވަނީ ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމަށެވެ. އަދި ޚަލީލު އައްޔަން ކުރެއްވީ އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް މަގާމަށެވެ.

މި ދެބޭފުޅުންވެސް އެޑްވައިޒަރުންގެ ގޮތުގައި އައްޔަން ކުރެއްވުމަށްފަހު، ރޭ ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި ވަނީ ދެބޭފުޅުންނާވެސް ފަތްކޮޅު ހަވާލު ކުރައްވާފައެވެ.

ޖަނާހުއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި 30 އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. އޭނާވަނީ ކޮންސްޓްރަން އަދި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަންވެސް ކުރައްވާފައެވެ.

ހަމަ އެއާއެކު ދުނިޔޭގެ މަޝްހޫރު ބޮޑެތި ބުރޭންޑުތައް ކަމަށްވާ ސޮނެވާ، ޝަންގްރިއްލާ ފަދަ ބުރޭންޑުތަކުގެ މިލިއަން ޑޮލަރު އިސްވެސްޓުމަންޓުަތައް އަސްލަކަށް ހެދުމުގައި އޭނާވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މުއިއްޒުގެ އެޑަވައިޒަރުކަމަށް ހަމަޖެއްސެވި ޚަލީލްއަކީ މަންޓާ އެއާގެ ސީއީއޯ އެވެ. އަދި އޭނާވަނީ މަޓާޓޯގެ ރައީސްކަންވެސް ކުރައްވާފައެވެ. އޭގެ އިތުރުން އޭނާއަކީ ޔުނިވާސަލް ކުންފުނީގެ ރިސޯޓްތަކުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން އިނގިރޭސިވިލާތުން ތައުލީމު ހާސިލް ކުރައްވާފައެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި އޭނާވަނީ އެމްއެމްޕީއާރުސީގެ ޗެއަރމަންކަން ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމާއި، އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓްގެ ގޮތުގައި ހަމަޖެއްސެވި ބޭފުޅުންނަކީ އެއްވެސް މުސާރައެއް އިނާޔަތެއް ނުނަންގަވާގޮތައް ހަމަޖައްސަވާފައިވާ ދެ ބޭފުޅުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *