ރާއްޖެއަކީ އިންޑިއާ އިން ހާއްސަ މަގާމެއް ދީފައިވާ ގައުމެއް: މޯދީ

ރާއްޖެއަކީ އިންޑިއާ އިން ހާއްސަ މަގާމެއް ދީފައިވާ ގައުމެއް: މޯދީ

Author
އަހުމަދު
11 ނޮވެމްބަރ 2023 05:45
0

އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ރާއްޖެއަކީ އިންޑިއާ އިން ހާއްސަ މަގާމެއް ދީފައިވާ ގައުމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބާތާ ގުޅިގެން މޯދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ދިވެހި ސަރުކާރަށާއި ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާ ކަމަށެވެ.

މޯދީ ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އުފެދިފައި އޮތް ގާތް ގުޅުމަކީ ތާރީހާއި ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.

މޯދީ ވިދާޅުވީ، ރާއްޖެ އަކީ އިންޑިއާގެ ސަލާމާތާއި ކުރިއެރުމުގެ ތަސައްވުރު ކަމަށްވާ "ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް އިން ދަ ރީޖަން" ގާއިމުކޮށްދިނުމަށްޓަކައި އިސްދައުރެއް އަދާކުރަމުން ގެންދާ ގައުމެއް ކަމަށެވެ.

މޯދީ ވަނީ ދެ ގައުމުގެ ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ރާއްޖެ އާ ގުޅިގެން އެ ގައުމުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މަލްޓި ޑައިމެންޝަނަލް ޕާޓްނަޝިޕް އިތުރު ހަރުފަތަކަށް ކުރިއަރާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް މޯދީ ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވީ އިންޑިއާ އިން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމުގައި ދެމިއޮންނާނެ ކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.