ޑރ. މުއިއްޒުގެ ޔޫއޭއީ ދަތުރުފުޅުން އެއާޕޯޓް މަޝްރޫޢަށް 1.2 ބިލިޔަން ރުފިޔާ

ޑރ. މުއިއްޒުގެ ޔޫއޭއީ ދަތުރުފުޅުން އެއާޕޯޓް މަޝްރޫޢަށް 1.2 ބިލިޔަން ރުފިޔާ

Author
މުޙައްމަދު ޝަޒައިމް
08 ނޮވެމްބަރ 2023 12:57
0

ރާއްޖޭގެ ބައިނަލް އަގުވާމީ ވައިގެ މައި ބަނދަރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ މަޝްރޫއުގެ މަސައްކަތް ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށް އިންތިހާބީ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް ޑރ. މުއިއްޒު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅާއި ގުޅޭގޮތުން ފިރުޒުލް ވިދާޅުވީ މިދަތުރުފުޅަކީ އެމަނިކުފާނުގެ ނުރަސްމީ ދަތުރުފުޅަކަށް ވީނަމަވެސް، އެމަނިކުފާނުގެ ދަތުރުފުޅުގެ އެންމެހާ ކަންކަން ޔޫއޭއީ ސަރުކާރުން ހަމަޖައްސަވާ ދެއްވާފައިވާކަމަށެވެ.

އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ޔޫއޭއީގެ ސަރުކާރާއިއެކު ބައްދަލުވުމެއް ބޭއްވި ކަމަށާއި، މިބައްދަލުވުމުގައި އެއާޕޯޓް މަޝްރޫޢު ނިންމުމަށް ބޭނުންވާ ފަންޑު ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންނެވިކަމަށެވެ. މިފައިސާ އަބޫދާބީ ފަންޑުން ހަމަޖައްސަވާ ދެއްވާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުއިއްޒުގެ ވަރަށް ބޮޑު އުންމީދެއް އަދި ތަސައްވަރެއް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫއު ނިންމުން އަވަސް ކުރުން. އެއީ އިޤްތިޞާދީ ކުރިއެރުމަށްވެސް މުހިންމު ކަމެއް. އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ 2024 ވަނަ އަހަރުގެ ޕީކް ސީޒަންއަށް އެއާޕޯޓްގެ ފުރިހަމަ ޓާމިނަލް ބޭނުން ކުރެވޭނެ ގޮތެއް ހެދުން. އެކަން ހަމަޖެއްސުމަށް ޔޫއޭއީން މިލިބުނު އެހީއާއިއެކު ހާސިލް ވެގެންދާނެ.

– ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ މިމަސައްކަތުގައި ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އަދި ޑިޒައިންތަކަށް ގެނައި ބަދަލުގެ ސަބަބުން މަސައްކަތުގެ އަގު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައިކަމަށެވެ. އެގޮތުން މިމަސައްކަތަށް 79.80 މިލިޔަން ޑޮލަރު އިތުރަށް ބޭނުންވާކަމަށެވެ. މިފައިސާ 80 މިލިޔަން ރުފިޔާ، (1.2 ބިލިޔަން ރުފިޔާ) ހަމަޖައްސަވާ ދެއްވާނެ ކަމުގެ ޔަގީންކަން ޑރ. މުއިއްޒަށް ދެއްވާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ހުރިހާ ސިނާޢަތަކަށްވެސް އެންމެ މުހިއްމު އެއްކަމަކީ މަޑުޖެހިފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް އަވަހަށް ނިމިގެން ދިޔުންކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިންތިޤާލީ މަރުޙަލާގެ ކަންކަން ކުރިއަށްގެންދާ ކޮމިޓީތަކުން އެއްކުރެވިފައިވާ މަޢުލޫމާތުތަކުން ދައްކާގޮތުން މިމަސައްކަތް މިހާރު ކުރިއަށްދާ ޝެޑިއުލްގެ ދަށުން ނިންމާލެވޭނެކަމަށް ލަފާކޮށްފައިވަނީ 2025 އަހަރުގެ ޖުލައިމަހުކަމަށް އިންތިޚާބީ ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.