ހެލްތު މިނިސްޓްރީ.

ރޯގާއަށް ދޭ ސިޓްރިޒަނެއްގައި ކެމިކަލް ހުރުމުން ވިއްކުން މަނާކޮށްފި

ރޯގާއަށް ދޭ ސިޓްރިޒަނެއްގައި ކެމިކަލް ހުރުމުން ވިއްކުން މަނާކޮށްފި

ހުމާއި ރޯގާ އަށް ބޭނުންކުރާ ސިޓްރިޒަން ސިރަޕްގައި ކެމިކަލް މާއްދާއެއް ހުރުމުން، އެ ބޭސް ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުން ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ބުނެފައިވަނީ ކެއްސުމާއި ހުމާ ރޯގާ އަށްބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް 2022 ވަނަ އަހަރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެލާޓް ނެރެފައިވާ ކަމަށެވެ.

ކެމިކަލް މާއްދާއެއް ހުރީ ސިޓްރެޒަން ސިރަޕްގެ ބެޗް ނަންބަރު B220 ގެ އެ ބްރޭންޑުގެ 5ML ބޭސް ފުޅިތަކުގައެވެ.

މި އަހަރުގެ މިހާތަނަށް 10 ސާމްޕަލް މާކެޓުން ނަގައި ސްކްރީން ކުރިއިރު، ޕާކިސްތާނުގެ ފާމިކްސް ލެބޮރަޓޮރީން އުފެއްދި މިބޭހުގައި ކެމިކަލް ހުރިކަން ފާހަގަވެފައިވާ ކަމަށްވެސް އެފްޑީއޭއިން ބުނެ އެވެ. މިބްރޭންޑްގެ އިތުރު ސާމްޕަލްތަކެއް ވެސް ނަގާފައިވާ ކަމަށަ އެހެން ނަމަވެސް ރާއްޖެއިން އޭގެ ސާމްޕަލް ހެދެން ނުތުމުން ބޭރަށް ފޮނުވަފައިވާ ކަމަށް އެފްޑީއޭއިން ބުނެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *