ކޯވިޑް-19އަށް ފަރުވާދެމުން ދިޔަ އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އައި 69 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއީ ކޯވިޑް-19ގައި ރާއްޖޭގައި ނިޔާވި 48 ވަނަ މީހާއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން މިބަލީގައި ނިޔާވެފައިވަނީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 13000އިން މައްޗަށް އަރައިފައިވާއިރު، މިހާރުވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 66 މީހަކަށް ދަނީ ފަރުވާދެމުންނެވެ.
އެންމެ ފަހުން ރާއްޖެއިން ކޯވިޑް-19ގައި މީހަކު ނިޔާވެފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އެދުވަހު ނިޔާވެފައިވަނީ ޢުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޮމެންޓު ފޮނުވާ