އައު ސަރުކާރުގެ ކެބިނެޓަށް ވަޑައިގަތުމަށް އައިއޯސީސީގެ ރައީސްކަމުން ޝަހީމް އިސްތިއުފާދެއްވައިފި

އައު ސަރުކާރުގެ ކެބިނެޓަށް ވަޑައިގަތުމަށް އައިއޯސީސީގެ ރައީސްކަމުން ޝަހީމް އިސްތިއުފާދެއްވައިފި

Author
އައިޝަތު އަޙްމަދު
07 ނޮވެމްބަރ 2023 10:51
0

ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިސް މަޤާމަކަށް ވަޑައިގަތުމަށްޓަކައި، އިސްލާމިކް އޮގަނައިޒޭޝަން ފޮރ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ފެ ރައިސްގެ މަޤާމުން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްތިއުފާދެއްވައިފިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް އަރިހުގައި ކެމްޕެއިންގައި ހަރަކާތްތެރިވެވަޑައިގެންނެވި ޑރ. ޝަހީމް އައު ސަރުކާރުގެ އިސް މަޤާމަކަށް ވަޑައިގަތުމަށް އައިއޯސީސީގެ ރައީސްކަމުން އިސްތިއުފާދެއްވިކަން އިއުލާންކުރެއްވީ "އިސްލާމީ ނަޒަރިއްޔާތު" ފޮތް ނެރުމަށް އެވިޑް ކޮލެޖުގައި ބޭއްވި ޖަލްސާގައެވެ. ނަމަވެސް ވަޑައިގަންނަވަނީ ކޮން މަޤާމަކަށްކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

ނަމަވެސް އެމަނިކުފާނު އައު ސަރުކާރުގައިވެސް ވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓަރުކަމުގެ މަޤާމަށްކަމށް އަޑުފެތުރިފައިވެއެވެ.

ޑރ. ޝަހީމަކީ މީގެ ކުރިންވެސް ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ޢިލްމީ ބޭފުޅެކެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވެއެވެ. އަދ ރައީސް ވަހީދުގެ ސަރުކާރުގައިވެސް އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން ރާއްޖޭގައި އަލަށް އުފެދުނު އިސްލާމީ ޔުނިވާސިޓީ ވައިސް ޗާންސެލަރކަމާއި ޗާންސެލަރކަންވެސް ޑރ. ޝަހީމް ކުރައްވާފައިވެއެވެ.

ޝަހީމަކީ 2018 ވަނަ އަހަރު ރައީސް ޔާމީންގެ ރަނިންމޭޓުވެސްމެއެވެ.

ޝަހީމް ވަނީ އިސްލާމިކް އޯގަނައިޒޭޝަން އޮފް ކޯޕަރޭޝަން (އޯއައިސީ)ގެ އެޑްވައިޒަރުގެ މަޤާމުވެސް ފުރުއްވާފައެވެ.

ޝަހީމް ޕީއެޗްޑީ ހާސިލްކުރައްވާފައިވަނީ ފިގްހު އެންޑް އުސޫލުލް ފިގްހުގެ ދާއިރާއިން މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިއްބެ
ކޮއްމެމީހަކުވެސްނާށިގަނޑުހިފައިގެންސަލާމްޖަހަމުންދުވުނީމައިއެމީހެއްގެމަޤުސަދުﷲފުއްދަވައިދެއްވާނެއެވެ