"ތޭޖަސް" ބަލާނެ ބަޔަކު ނުވި

"ތޭޖަސް" ބަލާނެ ބަޔަކު ނުވި

ބޮލީވުޑްގައި ބިރު ކުޑަ ބަތަލާގެ ގޮތުގައި މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތު އެންމެ ފަހުން ރިލީޒް ކުރި އުންމީދީ ފިލްމް " ތޭޖަސް" ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތި ވެއްޖެއެވެ.

މި ފިލްމް އަކީ ވަރަށް އުންމީދީ ފިލްމްއެއްގެ ގޮތުގައި ސިނަމާތަކަށް ގެނައި ފިލްމްއެއް ނަމަވެސް މި ފިލްމް ބަލާނެ ބަޔަކު ނުވެގެން މިހާރު އޮތީ ފިލްމް ސިނަމާއި ނަގާ ހިސާބުގައިއެވެ. ކަންގަނާގެ މިފަހުން ރިލީޒް ކުރި ފިލްމް ތަށް ފުލުފުލު ގައި އަންނީ ޕްލޮޕްވަމުންނެވެ. އެއާއި އެކުގައި މިހާރު އޭނާގެ ކެރިއަރު މިވަނީ ވަރަށ ްބޮޑަށް އަރި އަޅައިލައިފައިއެވެ.

"ތޭޖަސް" ގައި ކަންގަނާ ފެނިގެންދަނީ ސިފައިންގެ ޕައިލެޓެއްގެ ރޯލުންނެވެ. ފިލްމް އަކީ ތޭޖަސް ގިލް ގެ ހަޔާތުގެ މައްޗައް ބިނާކޮށް ހަދައިފައިވާ ބައޯ ޕިކްއެކެވެ. އެ ފިލްމު ރިލީޒްކުރިތާ ހަފުތާއެއް ވެފައިވާއިރު، ފިލްމަށް ލިބުނު ތަރުހީބު ވަރަށް ކުޑަ އެވެ. ބޮލީވުޑްގެ ބައެއް ޓްރޭޑް އެނަލިސްޓުން ބުނި ގޮތުގައި، އެ ފިލްމަކީ "ބޮކްސް އޮފީސް ޑިޒާސްޓާ"އެކެވެ.

"ތޭޖަސް" އަކީ 7.2 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި އަދި ލިބުނީ އެންމެ 624،000 ޑޮލަރެވެ. އަދި މިއާއި އެކުގައި ފިލްމް އަށް އިތުރު އާމްދަނީ އެއް ލިބިދާނެ ހެން ހީވެސް ނުވެއެވެ.

އަނެއްކޮޅުން މިދިޔަ ސެޕްޓެމްބަރު މަހު 28 ގައި ނުކުތް ކަންގަނާގެ ދެކުނު އިންޑިއާގެ ފިލްމު "ޗަންދުރަމުކީ 2″ އަށް ވެސް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ. އެ ފިލްމު ސިނަމާތަކުން ނަގަން ޖެހުނު އިރު، ފިލްމަށް ކުރި ހަރަދު ވެސް އަނބުރާ ނުލިބުނެވެ.

މީގެ އިތުރުން މިދިޔަ ޖޫން މަހު އެމެޒަން ޕްރައިމް ވީޑިއޯ އިން ގެނެސްދިން، ކަންގަނާ ޕްރޮޑިއުސްކުރި ފިލްމެއް ކަމަށްވާ "ޓީކޫ ވެޑް ޝޭރޫ" އަށް ވެސް ލިބުނު ތަރުހީބު ވަރަށް ކުޑަ އެވެ. މި ފިލްމް އަކީ ލީޑުން ނަވާޒުއްދީން ސިއްދީގީ އާއި އަވްނީތް ކޯރު ފެނިގެން ދިއަ ފިލްމްއެކެވެ.

އޭނާގެ ފިލްމުތައް ފުލުފުލުގައި ފުލޮޕްވަމުން އަންނައިރު، މި މަހު ރިލީޒްކުރާ ގޮތަށް އޮތް އޭނާގެ އުންމީދީ އިތުރު ފިލްމް އެއް ކަމުގައިވާ "އިމަޖެންސީ" މިހާރު ވަނީ ވަކި ތާރީހެއް ނެއް ގޮތަށް އަންނަ އަހަރަށް ފަސްކޮށްފައިއެވެ.

މި ފިލްމް ފަސްކުރުމުގެ ސަބަބެއް ކަމަށް ބެލެވެނީ ފުލުފުލުގައި އޭނާގެ ފިލްމް ތަށް ފްލޮޕް ވަމުން އައުމެވެ. މިފަދަ ދަނޑިވަޅެއްގައ އިތުރު ފިލްއެއް ފްލޮޕް ވުމަކީ އޭނާގެ ކެރިއަރަށް ބަރުދާސްތު ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *