މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މީހަކު އަތޮޅުވެއްސަށް ގެންދިޔަ މަގުމަތީގައި ފިލައި، މޫދަށް ފުންމާލައިގެން އުޅެނިކޮށް އޭނާ އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.
އެ ޒުވާނާ ފުލުހުންގެ ވެހިކަލްގައި ގެންގޮސް އަތޮޅުވެހި ކައިރިއަށް ބޭލި ތަނުން ދުވެފައި ގޮސް ފުންމާލީ މޫދަށެވެ. އަދި ފަޅުތެރޭގައި ފަތާފައި ގޮސް ކަނޑާ ހަމައަށް ދިޔައެވެ. އެއާއެކު، ފުލުހުން ވަނީ ދެ ލޯންޗެއްގައި ގޮސް އޭނާ ކަނޑުން ނަގައިފައެވެ. އޭނާ ނެގުމަށް ބައެއް ފުލުހުން ކަނޑަށް ވެސް ފުންމާލިއެވެ.
އެމީހާ ނަގައިގަނެގެން ގެންދިޔަ އިރު، ހުރީ ބިޑި ވެސް އަޅުވައިފައެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެއެވެ. އެހެންވެ، އޭނާ ހައްޔަރު ކުރި ސަބަބެއް ސާފެއް ނޫނެވެ.
އޭނާ ސަލާމަތް ކުރަން ތިން ފުލުހަކު މޫދަށް ވެސް ފުންމާލިއެވެ.
ކޮމެންޓު ފޮނުވާ