މަސްހިފަން މޫދަށް އެރިއުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ

މަސްހިފަން މޫދަށް އެރިއުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ

Author
ހުސެއިން
03 ނޮވެމްބަރ 2023 07:24
0

ގއ.ގެމަނަފުށީ ކައިރީގައި މަސްހިފަން މޫދަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯނޗަކުންޖެހި މަރުވެއްޖެއެވެ. ނިޔާވެފައި ވަނީ 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެކްސިޑެން ހިގާފައިވަނީ، ދަނގަޑު ޖަހައިގެން ފަޅުތެރެއަށް މަސްހިފަ ނުކުމެ އުޅުނު މީގެއްގެ ގައިގައި އެވަގުތުފަޅަށް ވަތް ލޯންޗަކުން ޖެހިގެން ކަމުގައެވެ. އަދި އެ ހާދިސާ ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމުގައިވެސް ބުނެފައި ވެއެވެ.

އެކސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެފައިފައިވަނީ ގެމަނަފުށީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންކަމަށްވެސް އެނގިފައި ވެއެވެ. ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތު އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.