ކުރީގެ މެންބަރު ޝާޑު އަނެއްކާވެސް ހުޅުދޫ ދާއިރާއަށް ވާދަކުރައްވަނީ

ކުރީގެ މެންބަރު ޝާޑު އަނެއްކާވެސް ހުޅުދޫ ދާއިރާއަށް ވާދަކުރައްވަނީ

Author
އައިޝަތު އަޙްމަދު
02 ނޮވެމްބަރ 2023 06:15
0

ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރުކަން ކުރައްވާފައިވާ މުޙައްމަދު ޝާހިދު (ޝާޑު) އަނެއްކާވެސް އެދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

ޝާޑު ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުޅުދޫ ދާއިރާ ތަމްސީލްކުރައްވާފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ޝާޑު ވާދަކުރެއްވިނަމަވެސް އިންތިޚާބުވެފައެއް ނުވެއެވެ. އެދާއިރާއަށް އިންތިޚާބުވެވަޑައިގަތީ އެމްޑީޕީން އިލްޔާސް ލަބީބެވެ.

ޝާޑު ފާހަގަވެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ވަރަށް ނުފޫޒްގަދަ މެންބަރެއްގެ ގޮތުގައެވެ. އަދި މިހާރުވެސް ޕީޕީއެމް ޕީއެންސީގެ އިސްސަފުގައި މަސައްކަތްކުރައްވައެވެ.

ޝާޑު ވިދާޅުވީ ޝާޑްގެ މެމްބަރުކަމުގައި ހުޅުދޫގައި 16 އަށްވުރެ ގިނަ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ހިންގާފައިވާކަމަށެވެ.

ޕީޕީއެމުން ވަނީ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 20ގައި ބާއްވާނެކަން އިއުލާންކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ މާރޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅެވެ،

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.