ބެލާއަށް މަރުގެ އިންޒާރު ދީފި

ބެލާއަށް މަރުގެ އިންޒާރު ދީފި

Author
ފާތިމަތު ނާވީ
01 ނޮވެމްބަރ 2023 07:16
0

ފަލަސްތީނަށް ނިސްބަތްވާ އެމެރިކާގެ މޮޑެލް، ބެލާ ހަދީދް އަށް މަރުގެ އިންޒާރުތައް ދެމުން ދާ ކަމަށް އޭނާ ބުނެފި އެވެ.

އޭނާ އަށް މަރުގެ އިންޒާރު ދެމުން ދަނީ އޭނާ އަކީ ފަލަސްތީނަށް ނިސްބަތްވާ ފަރާތަކަށް ވާތީ ކަމަށް ވެސް ބެލާ ވަނީ ބުނެފައިއެވެ. ބެލާ އަކީ އަބަދުވެސް ފަލަސްތީނުގެ ދިފާއުގައި ވަރަށް ފާޅުގައި އޭނާގެ ޝުއޫރު ފާޅުކުރަމުން އަންނަ މީހެކެވެ. މީގެ އިތުރުން މުސްލިމުންގެ ދިފާއުގައި އަބަދުވެސް އަޑުއުފުލާ މީހެއް ވެސް މެއެވެ.

މީގެ ކުރިން ވެސް އިޒްރައިލް އިން އިން ދެމުންދާ ލާއިންސާނީ  އަނިޔާތަކާ ގުޅިގެން ބެލާ ވަނީ ވަރަށް ފާޅުގައި އަޑު އުފުލައި މުޒާހަރާތަކުގައި ވެސް ބައިވެރިވެފައި ވެސް ވެއެވެ. ނަމަވެސް މިފަހަކުން އޭނާ  އިޒުރޭލުން ފަލަސްތީނުގެ މީހުންނަށް ކުރަމުން ގެންދާ ލާއިންސާނީ އަނިޔާތަކާ ގުޅިގެން ބެލާ އެއްވެސް އެއްޗެއް ނުބުނާތީ ބައެއް މީހުން އެކަމާ ސުވާލު އުފެއްދި އެވެ.

 

View this post on Instagram

 

A post shared by Bella 🦋 (@bellahadid)

 

އޭނާގެ ބައްޕަ މުހައްމަދު ހަދީދް ވަނީ މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް، އިޒުރޭލާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. އޭނާގެ ބައްޕަ ގެ މި ވާހަކަ އާއި އެކުގައި ބެލާ ވަނީ އިންސްޓަގްރާމް ޕޯސްޓެއް މެދުވެރި ކޮށް އޭނާ އަށް މަރުގެ އިންޒާރު ބަޔަކު ދެމުން ދާކަމަށް ބުނެފައިއެވެ. އެއްޗެއް ނުބުނެ ހުރެވުމުން އޭނާ މާފަށް ވެސް ވަނީ އެދިފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.