ޓޭޓަމް އާއި ޒޯއީ އެންގޭޖުވެއްޖެ

ޓޭޓަމް އާއި ޒޯއީ އެންގޭޖުވެއްޖެ

Author
ފާތިމަތު ނާވީ
01 ނޮވެމްބަރ 2023 07:38
0

ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ޗެނިން ޓޭޓަމް އާއި ޒޯއީ ކްރެވިޓްސް އެންގޭޖްވެއްޖެއެވެ.

މި ދެތަރިން އެންގޭޖް ވި އިރުގައި އެދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ވަނީ ގިނަ ދުވަސް ތަކެއް ވެފައިއެވެ. މި ދެތަރިން އެންގޭޖް ވެފައިވާ އިރުގައި ވަރަށް އަވަހަށް ކައިވެނި ކުރުމަށް އަންނަނީ ތައްޔާރު ވަމުން ކަމަށްވެސް ހަބަރުތަށް ބުނެއެއެވެ.

ޓޭޓަމް، 44، އާއި ޒޯއީ، 34، އެންގޭޖުވިކަން މީޑިއާގެ ސަމާލުކަމަށް އައީ މިދިޔަ ހަފުތާ ބަންދުގައި ކެންޑަލް ޖެނާގެ ހެލޮވީން ޕާޓީ އަށް އެ ދެމީހުން ދަނިކޮށް ނެގި ފޮޓޯ ތަކުން ޒޯއީ ގެ އަތުގައި އަޅައިފައިވާ އެންގޭމެންޓް ރިންގް ފެނުމުންނެވެ.

 

View this post on Instagram

 

A post shared by Just Jared (@justjared)

ޓޭޓަމް އާއި ޒޯއީ ލޯބީގެ ގޮތުން ގުޅުނީ 2001 ވަނަ އަހަރުގައި  ޒޯއީ މިހާރު މަސައްކަތް ކުރަމުން އަންނަ އޭނާގެ އަލަތު ޑައިރެކްޝަން ފިލްމު "ޕުސީ އައިލެންޑް"ގެ ކާސްޓިންގެ ތެރެއިން ދިމާވެގެންނެވެ.

މި ދެތަރިންވެސް މީގެ ކުރިން ވަނީ ކައިވެންޏެއް ކޮށްފައިއެވެ. ކުރިން ކުރި ކައިވެނިން ޓޭޓަމް އަށް ވަނީ ކުއްޖެއްވެސް ލިބިފައިއެވެ. ނަމަވެސް ޒޯއީ ގެ އެއްވެސް ދަރިއެއް ނުހުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.