އެމްއެންޕީގެ ބައެއް ދާއިރާތަކަށް މެންބަރުން ކުރިމަތިލުމަށް ހުޅުވާލައިފި

އެމްއެންޕީގެ ބައެއް ދާއިރާތަކަށް މެންބަރުން ކުރިމަތިލުމަށް ހުޅުވާލައިފި

Author
ހުސެއިން
01 ނޮވެމްބަރ 2023 05:48
0

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ބައެއް ދާއިރާތަކަށް މެންބަރުން ކުރިމަތިލުމުގެ ފުރުސަތު 30 އޮކްޓޯބަރ 2023 އިން 13 ނޮވެމްބަރ 2023 އަށް އެޕާޓީން ހުޅުވާލައިފިއެވެ.

އެމްއެންޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޕާޓީގެ ހުސްވެފައިވާ 25 ދާއިރާއެއްގެ ބައި އިލެކްޝަނަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އައިޑީ ކާރޑް ކޮޕީ އަދި ވަނަވަރާއިއެކު 13 ނޮވެމްބަރ 2023 ވާ (ހޯމަ) ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ޕާޓީގެ އޮފީސް މއ. ކެލާވީ ފަސްޓް ފްލޯރއަށް ވަޑައިގެން ފޯމު ހުށަހެޅުއްވުން އެދެކަމުގައެވެ. ފޯމު ހުށަހެޅުމުގެ ފުރުސަތު އީމެއިލް ([email protected]) މެދިވެރިކޮށްވެސް ވަނީ ހުޅުވާލާފައެވެ.


މަގާމްތަކަށް ކުރިމަތި ލުމާއި ގުޅޭގޮތުން އެމްއެންޕީގެ އޮފީހުގެ ނަންބަރ 9708080 އާއި ގުޅުއްވުން މައުލޫމާތު ސާފުކޮށްދިނުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ.

ފާއިތުވި ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްއިން ފުރަތަމަބުރު ކާމިޔާބު ކުރުމާއެކު، އެމްއެންޕީގައި އިސްކޮށް ހަރަކާތްތެރިވަމުން އައި ގިނަ ބަޔަކުވަނީ އެޕާޓީ ދޫކޮށް ޕީޕީއެމްއަށް ސޮއި ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.