ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުން ނިމުމަކަށް އަންނަންޖެހޭ، އެއީ ލާއިންސާނީ ޢަމަލެއް: ރައީސް ޔާމީން

ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުން ނިމުމަކަށް އަންނަންޖެހޭ، އެއީ ލާއިންސާނީ ޢަމަލެއް: ރައީސް ޔާމީން

Author
އައިޝަތު އަޙްމަދު
30 އޮކްޓޯބަރ 2023 10:10
0

ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުން ނިމުމަކަށް އަންނަންޖެހޭކަމަށާއި، އެއީ ލާއިންސާނީ ޢަމަލެއްކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކަކަށްފަހު ޕީޕީއެމްގެ ސަޕޯޓަރންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލުގައި ހޭދަކުރެއްވި ދުވަސްތަކަކީ ހިތްދަތި ދުވަސްތަކެއްކަމަށާއި، އެމަނިކުފާނު ތަހައްމަލުކުރެއްވި ހިތްދަތިކަން އެހެން އެއްވެސް ސިޔާސީ ބޭފުޅަކަށް ތަހައްމަލު ނުކުރެވޭނެކަމަށްވެް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މީގެ ކުރިން ޖަލަށް ވަޑައިގެންނެވި ކޮންމެ ސިޔާސީ ބޭފުޅަކުވެސް ދެދުވަހުވެސް ޖަލުގައި މަޑު ނުކުރައްވާ ބޭރަށް ވަޑައިގެންނެވީކަމަށެވެ. ޝަރީޢަތް ނިމެންދެން ޖަލުގައި އޮންނަންޖެހުމަކީ ވަރަށް ހިތްދަތިކަމެއްކަމަށާއި، އެއީ އިޞްލާހު ކުރަންޖެހޭކަމެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާލުވީ އެކަމުގައި ޕީޖީން އަނަމުކުރައްވަނީ ރަނގަޅަށް ނޫންކަމަށާއި، ޝަރީޢަތް ނިމެންދެން ޖަލަށްލުން ނިމުމަކަށް އަންނަންޖެހޭކަމަށެވެ. އެއީ ލާއިންސާނީ ޢމަލެއްކަމަށާއި، އެމީހަކު އަމިއްލައަށް ޝަރީޢަތް ހިންގުމުގެބާރެއް ނޯންނަކަމަށެވެ.  އެކަން އޮތީ ޥޝަރީއަތް ހިންގުމާ ހަވާލުވެ ތިއްބެވި މީހުންގެ އަތްމަތީކަމަށާއި، ޝަރީޢަތް ނިމެންދެން ބަންދުގައި އެތައް އަހަރަކު އޮވެ ޝަރީޢަތުން މައްސަލަ ފަހުން ސާބިތު ނުވެއްޖެނަމަ އެމީހަކަށް ލިބޭނެ އިންސާފެ ނެތްކަމަށެވެ.

ރައީސް ޔާމީންވަނީ މިފަދަ ކަންކަން މަޖިލީހުގެ އަޣްލަބިއްޔަތާއެކު އިޞްލާހު ކުރައްވާނެކަމަށެވެ.

ރާއްޖެގައި މިވާގޮތަކީ ތުހުމަތެއް ކޮށްލާފައި ޕީޖީން އެދެނީ ޝަރީއަތް ނިމެންދެން ބަންދުުރަން. އެކަން ނިންމަންޖެހޭ. އެހެންކަމުން މަޖިލީހުން ޕީޕީއެމް ޕީއެންސީއަށް ބޮޑު އަޣްލަބިއްޔަތެއް ދެއްވަން އެދިވަޑައިގަތި. މިފަދަ އުނި ކަންކަން ރަނގަޅު ކުރުމަށް.

– ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދޅުުވީ ޕީޕީއެމް ޕީއެންސީއަށް މަޖިލިސް އަޣްލަބިއްޔަތު ލިބިވަޑައިގެންފިނަމަ ރައްޔިތުންގެ ފައިދާއަށް ހުރި ކަންކަން ކުރައްވާނެކަމަށެވެ. މަސްވެރިންނާއި އަންހެނުންނަށްޓަކައި ފައިދާހުރި ކަންކަމަށް މަޖިލީހުން އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.