އޮޑިޓް އޮފީހުގެ މުވައްޒަފުންގެ މުސާރަ މަޖިލީހުން ބޮޑުކޮށް ނުދިން

އޮޑިޓް އޮފީހުގެ މުވައްޒަފުންގެ މުސާރަ މަޖިލީހުން ބޮޑުކޮށް ނުދިން

Author
ހުސެއިން
25 އޮކްޓޯބަރ 2023 04:21
0

އޮޑިޓް އޮފީހުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށާއި، އެ އޮފީހަށް އިތުރު 7 މުވައްޒަފެއް ނެގުމަށް 11 މިލިއަން ރުފިޔާ ހުށަހަޅާފައި ވަނިކޮށް، މިވަގުތު އެ އޮފީހުގެ މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރަން ނިންމާ، އަންނަ އަހަރަށް ލަފާކުރާ އޮޑިޓް އޮފީހުގެ 112.2 މިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް، މިއަހަރު ރައްޔިތުންގެ މަޖިލީހަށް އޮޑިޓް އޮފީހުން ހުށަހެޅި 123 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ދިރާސާކުރި މަރުހަލާގައި އޮޑިޓް އޮފީހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި ޕްރެސެންޓޭޝަންގައި ވާގޮތުން، އެ އޮފީހުގެ ރިކަރަންޓް ހަރަދަށް 82 މިލިއަން ރުފިޔާ ހޭދަވާއިރު، އޭގެ ތެރެއިން މުސާރަ އަށް 56 މިލިއަން ރުފިޔާ ކަނޑައަޅައިފަައި ވެއެވެ.

އޮޑިޓް އޮފީހުގެ މުވައްޒަފުންގެ މުސާރަށް ބޮޑު ނުކުރުމަށަ އެދި، ކޮމިޓީގައި ފިނޭންސް މިނިސްޓްރިން ބުނެފައިވަނީ، އޮޑިޓު އޮފީހުގެ މުވައްޒަފުން ހިމެނޭ ގޮތަށް އާ ޕޭ ފްރޭމްވާކަށް ހިޖުރަ ކުރުމުގެ މަސައްކަތް ނިމުމުން، އެއޮފީހުގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެކަމަށެވެ. އެހެންކަމުން ފިނޭންސުން ލަފާދީފައިވަނީ މިވަގުތަށް މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރުމަށެވެ.

ފިނޭންސް މިނިސްޓްރީގެ ލަފައާއެކު، އޮޑިޓް އޮފީހުން ހުށަހެޅި 123 މިލިއަން ރުފިޔާގެ ބަޖެޓުން މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހިމަނާފައިވާ 11 މިލިއަން ރުފިޔާ އުނިކޮށް، 112.2 މިލިއަން ރުފިޔާގެ ބަޖެޓް މިއަދު ފާސްކޮށްފައިވަނީ މަޖިލިހުގެ 52 މެމްބަރުންގެ ވޯޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވ
ހައްތާވެސް.މަޖިލީސް މީހުންގެ މުސާރަޔާއެލެވެންސް ބޮޑުކުރެވޭތޯބަލާ މަޖިލީހުގާތިބެނީހުސް ރައްޔިތުންނަށްނ ބެލުމެއްނެތި ތިމާގެއަށްބޮޑިބޮޑުކުކުރެވޭތޯއުޅޭހިތްނުފުރޭ ކަމެއްކޮންނުދެވޭބައެއް