އިންޓަރނޭޝަނަލް އެއިޑްއިން ފަލަސްތީނުގައި މިސްކިތެއް ބިނާކުރަނީ!

އިންޓަރނޭޝަނަލް އެއިޑްއިން ފަލަސްތީނުގައި މިސްކިތެއް ބިނާކުރަނީ!

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑު ފޮށި ބަހައްތައިގެންނާއި އަދި އެނޫން ގޮތްގޮތުންވެސް ދިވެހިންގެ ފަރާތުން ހޯދާ ފައިސާއިން ޚަރަދު ކޮށްގެން ފަލަސްތީނުގައި މިސްކިތެއް ބިނާ ކުރަމުންދާ ކަމުގައި "އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން" އިން ހާމަ ކޮށްފިއެވެ.

މިގޮތުން އެ ޖަމިއްޔާއިން ވަނީ ޣައްޒާގައި، "ދިވެހިންގެ އެހީގައި ބިނާ ކުރެވޭ ފުރަތަމަ މިސްކުތުގެ" އެންމެ ފަހުގެ މައުލޫމާތު އެ މަޖިއްޔާގެ ޓުވިޓަރގައި ހިއްސާ ކޮށްފައެވެ.

މަސްޖިދުލް ޤުއްދޫސް – ދިވެހިންގެ އެހީގައި ފަލަސްޠީނުގައި ބިނާކުރެވޭ ފުރަތަމަ މިސްކިތުގެ އަޕްޑޭޓް:

  • މިސްކިތުގެ %80 މަސައްކަތްވަނީ 7 އޮކްޓޯބަރުގެ ހަމަނުޖެހުންތަކުގެ ކުރިންވަނީ ނިމިފައި.
  • މަސްޖިދުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްމިވަނީ އެއްކޮށް ނިމިފައި (ހިއްކުން, ބެކްފިލިންގް, ކޮންކްރީޓް މަސައްކަތް އަދި ރޭނުމުގެ މަސައްކަތް)
  • ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން މަސްޖިދު ހިމެނޭ އަލްތުއްފާޙް (އިރުމަތީ ޣައްޒާ) ސަރަހައްދުވަނީ ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅިފަ.
  • 21 އޮކްޓޯބަރ ހަމައަށް މިސްކިތަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ!
މިސްކިތުގެ ކުރުމާއި, އަދި މަސައްކަތް ކުރަމުން ދަނިކޮށް ނަގާފައިވާ ބައެއް ފޮޓޯތައް

"އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން" އިން ވަނީ، ޣައްޒާގައި ބިނާ ކުރެވެމުންދާ މި މިސްކިތުގެ ފޮޓޯތައްވެސް އާންމު ކޮށްފައެވެ. އެ ޖަމިއްޔާއިން ހާމަ ކޮށްފައިވާ ގޮތުގައި، މި ފޮޓޯ ތަކަކީ މަސައްކަތް ކުރިއަށް ދިޔައިރު ނެގިފައިވާ ފޮޓޯތަކެކެވެ. އެޖަމިއްޔާއިން ބުނެފައިވަނީ، މިވަގުތު ޣައްޒާގެ ހާލަތު ހުރިގޮތުން އެންމެ އަޕްޑޭޓެޑް ފޮޓޯތައް ނެގޭގޮތް ވެފައި ނުވާކަމުގައެވެ. އެހެން ނަމަވެސް، މިސްކިތުގެ އެންމެ ފަހުގެ ފޮޓޯތައް ހޯދުމުގެ މަސައްކަތް ކުރިަޔަށް ދާކަމަށްވެސް ބުނެފައި ވެއެވެ.

"އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން"ގެ ފަރާތުން ޣައްޒާއަށް އެހީވުމަށް ފާއިތުވި ދެހަފްތާ ތެރޭގައި ފަންޑު ފޮށިތައް ބަހައްޓައިގެން ވަނީ އެތައް މިލިއަން ރުފިޔާއެއް ޖަމާ ކޮށްފައެވެ.

އެހެންނަމަވެސް ބައެއް ފަރާތްތަކުން މިހާރު ދަނީ، އެތައް މިލިއަން ރުފިޔާއެއް އެހީދުނުމުގެ ނަމުގައި ޖަމާކޮށް، އެފައިސާ ޚަރަދު ކުރަމުންދާ ގޮތުން މިނިވަން އޮޑިޓެއްކޮށް ތަފާސް ހިސާބުތައް އާންމު ކުރުމަށް ގޮވާލަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *